އެއާ އަސްތާނާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއާ އަސްތާނާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

އެއާ އަސްތާނާގެ ދަތުރުތައް އިތުރުކޮށްފައި މިވަނީ ކޮވިޑްގެ ހާލަތު ގޯސްވެ ބޯޑަރުތައް ބަންދު ކުރުމާ ގުޅިގެން އެ އެއާލައިނުގެ ދަތުރުތައް މިއަހަރުގެ ކުރީކޮޅު މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފަށުމާއެކުއެވެ.

އެއާ އަސްތާނާއިން ވަނީ ރާއްޖެއަށް ހަފްތާއަކު ހަތަރު ދަތުރުކުރުމަށް ނިންމާފައެވެ. އެގޮތުން ހަފްތާގެ ދުވަސްތަކުގެ ތެރެއިން  ހޮނިހިރު ، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ދަތުރުތައް ބޭއްވުމަށް އެ އެއާ ލައިނުންވަނީ ނިންމާފައެވެ.

އެއާ އަސްތާނާ އިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރު ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.  އެއިރު އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވާފައިވަނީ ހަފްތާއަކު ތިން ފްލައިޓެވެ.

.

ކޮވިޑަށް ފަހު ބޯޑަރު ހުޅުވާލި ފަހުން ކަޒަކިސްތާނު ހިމެނެނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގަ އެވެ. އެ ގައުމުން މިހާތަނަށް 18000 ހެއްހާ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ކަޒަކިސްތާނުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރަން އެއާ އަސްތާނާއާ އެކު ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިނެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން މިދިޔަ އޭޕްރީލް މަހު ވަނީ ފަށައިފަ އެވެ.

އެ ކެމްޕެއިންގެ ތެރެއިން ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި ޓްރެވަލް އޭޖެންސީތަކަށް ހާއްސަކޮށް ވެބިނާތަކެއއްވެސް ވަނީ ބާއްވާފައެވެ. އަދި އެ ކެމްޕެއިންގެ ތެރެއިން ކަޒަކިސްތާނުގެ ޓްރެވަލް އޭޖެންޓުން ރާއްޖެއަށް އައިސްފައިވާއިރު  އެ ކެޕްޕެއިންގެ ސަބަބުން އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެން ދާނެކަމަށް އެމްއެމްޕީއާރުސީން ގަބޫލުކުރެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް