މުދައްރިސުންގެ މަސައްކަތަކީ ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާބުރަ މަސައްކަތެއް: ރައީސް

Loading

Facebook
Twitter
WhatsApp

 

ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން ކުރައްވަމުން އަންނަ މަސައްކަތަކީ ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާބުރަ މަސައްކަތެއްކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅވެއްޖެެއެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ މުދައްރިސުންނަކީ އަގުނުކުރެވޭވަރުގެ ބޮޑު މަސައްކަތެއްކުރައްވާ މަސައްކަތެއް ކުރައްވާ ބައެއް ކަމަށެވެ.

”ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާބުރަ މަސައްކަތެއް. މުދަލާއި ފައިސާއިން ވަޒަންކުރެވޭ ވަރަށްވުރެ އަގު މާތް ޖިހާދެއް. ހަމައެފަދައިން، ގައުމުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުން“ ރައީސުލްޖުމްހޫރިއްޔާވިދާޅުވިއެވެ.

މުދައްރިސުން ކުރައްވަމުން އަންނަ ބުރަ މަަސައްކަތްތައް ފާހަގަ ކުރައްވައި ޝުކުރު ދަންނަވަމުން ރައީސް ސާލިހު ވަނީ ކޮވިޑްގެ ހާލަތުގައި މުދައްރިސުން ކުރެއްވި މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.

”ކޮވިޑް-19ގެ ބަލިމަޑުކަމުގައި ވެސް އަޅުގަނޑުމެން ވަށައިލި ހިނދުވެސް އެތައް ދަތިތަކެއް ތަހައްމަލު ކުރައްވައިގެން، ގައުމުގެ ދަރިންނަށް ކިޔަވައިދެއްވުމުގައި، މުދައްރިސުން އެ އުފުއްލެވި ބުރައަށްޓަކައި، މުޅި ގައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަން ޔަގީން. މުދައްރިސުން އެ އަދާކުރައްވަނީ ހަމައެކަނި ވަޒީފާއެއް ނޫން އެބޭފުޅުންގެ އަމިއްލަ ޝައުގުުވެރިކަމާއި ހިތްޕުޅުގެ ލޯތްބާއެކު ހަޔާތުގެ މުހިންމު އެތައް ދުވަސްތަކަކާއި އެތައް ވަގުތުތަކެއް ގުރުބާން އެ ކުރައްވަނ ޤައުމުގެ ކުރިމަގުގެ ޖީލު ބިނާކުރެއްވުމަށް“ ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ މުދައްރިސުން އެ އަދާކުރައްވާ މަސްއޫލިއްޔަތަކީހަމައެކަނި ދަރިވަރުންނަށް ކިޔަވައިދިނުމެއް ނޫން ކަމަށާ މުޖުތަމައަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ގަައުމީ ހދުމަތުގެ ވަރަށް މުހިންމު ވާޖިބެއްކަމަށެވެ.

އަދި މުޖުތަމައުގެ އެންމެހައި ނުކިއްސަރު ކަންތަކުން، ައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ވަރަށް މުހިންމު ޒިންމާއެެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ

ތައލީމީ އުމުރުފުރާގެ އާބާދީއަށް މިވަގުތު ސަމާލުކަން ދޭންޖެހެނީ، ކޮން ދާއިރާތަކަކުންތޯ ވިސްނައިލުން މުހިންމުކަމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ގައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި، ހަރުކަށި ފިކުރުތަކާއި ހަރުކަށި އަމަލުތަކުން، އަޅުގަނޑުމެންގެ ޅަދަރިން ސަލާމަތްކުރުމަކީ، ގައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަން ޖެހިފައިވާ ކަންކަން ކަމަށެވެ.

“ ދަރިންގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާ އަށަގަންނުވައި އިސްލާމީ ރިވެތި އަހްލާގާއި، އިޖުތިމާއި އަދަބު އިހތިރާމުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށް އިތުރު ސަމާލުކަމެއް ދީގެން، މުޖުތަމައުގައި ހުރި މިފަދަ ކަންކަމަށް އެކަށޭނަ ހައްލެއް ހޯދިދާނެ ކަމަށް ދެކެން“ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި ރައީސް ސާލިހު ވިދާޅުވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް