ރެސްޓޯރެންޓެއްގެ ކައުންޓަރުމަތީ އޮތް ފޯނެއް ވަގަށްނެގިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

ރެސްޓޯރެންޓެއްގެ ކައުންޓަރުމަތީ އޮތް ފޯނެއް ވަގަށްނެގިކަމުގެ ތުހުމަތުކުރެވޭ މީހަކު ހޯދަން އެ މީހާގެ ވީޑިއޯ ފުލުހުން އާންމު ކޮށްފި އެވެ.

ފުލުހުން މިއަދު އާންމުކުރި ވީޑިއޯގައި ފެންނަނީ ގަދަ ނޫކުލައިގެ ގަމީހަކާއި އެކުލައިގެ ޖިންސެއް ލައިގެން ހުރި ޒުވާނަކު ކައުންޓަރެއްގެ މަތީގައި އޮތް ފޯނެއް ނަގައިގެން ދާ މަންޒަރެވެ.

https://www.youtube.com/watch?v=RqBt4v8Qag

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހުންނަ ރެސްޓޯރެންޓެއްގެ ކައުންޓަރު މަތީގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުން ދާ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގަށް އެ މީހާ ހޯދަން ބޭނުންވެ، އެ އިދާރާއިން މިހާތަނަށް ކުރި މައްސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެ މީހާ ނުހޯދިފައިވާ ކަމަށެވެ.

ވީމާ މިމީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު  499492 ބުނުމަށްފަހު އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުންއެދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް