ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒުރުކުރަން މީހަކު ހޯދުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ހޯދަމުން ދަނީ ތ. ވިލުފުށި، އަބްލަޣީގެ، ހުސައިން ނިޔާޒް (43އ) އެވެ.

ފުލުހުން ބުނީ ހުސައިން ނިޔާޒަކީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވުމުގެ ސަބަބުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ހޯދަމުން ދާ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އޭނާ  ބަންދުގައި ބަހައްޓައިގެން މާދަމާ 12:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

ހުސައިން ނިޔާޒާ ބެހޭ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތެއ  ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް