މާލޭ ޖަލުގައި ބަންދު މީހަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

 

 

ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެއެވެ.

ޖަލުގައި ހުއްޓާ މަރުވެފައިވަނީ މ. މަލަސް، އިސްމާއީލް ޝަބީން 46، އެވެ.

ކަރެކްޝަނުން ބުނީ ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި ރޭ ހަތެއް ޖަހާއެހާއްކަށް ހާއިރު އިސްމާއިލް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަށެވެ.

އޭނާ މަރުވީ ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް ކޮށް 19:30 ގައެވެ.

ކަރެކްޝަނުން ބުނީ އިސްމާއިލަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ މީހެއް ކަމަށެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ  އެމީހާއަކީ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެއް ނޫން ކަމަށާ އޭނާ ޖަލުގައި ހުރީ އޭނާއާ ދެކޮޅަށް ހިންގޭ ޝަރީއަތް ނިމެންދެނެވެ.

އޭނާ އަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާ ކުރެވޭ މީހެކެވެ.

މިއަދުގެ ފަތިސް ނަމާދަށް ފަހު އިސްމާއިލްގެ ހަށިގަނޑުވަނީ ވަޅުލާފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް