ރާއްޖެއިން ބަންގްލަދޭޝާއި ނޭޕާލަށް ކޮވިޑް ވެކްސިން ހަދިޔާކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ރާއްޖެއިން ބަންގްލަދޭޝް އާއި ނޭޕާލަށް ކޮވިޑް ވެކްސިން އިއްޔެ ހަދިޔާ ކޮށްފިއެވެ.

ރާއްޖެއިން ބަންގްލަދޭށަށާއި ނޭޕާލަށް ހަދިޔާކޮށްފައިވަނީ އެސްޓްރަޒެނެކާ ވެކްސިން އެވެ. އެ ދެ ގައުމުން ކޮންމެ ކޮންމެ ގައުމަކަށް ދެލައްކަ އަށް ވުރެ ގިނަ ޑޯޒް ރާއްޖެ ސަރުކާރުން ވަނީ ހަދިޔާކޮށްފައިއެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާ ހަވާލާދީ ބަންގްލަދޭޝްގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން 201,600 އެސްޓްރަޒެނެކާ ވެކްސިން އެޤައުމަށް ވަނީ ހަދިޔާ ކޮށްފައެވެ.

ހިލޭ އެހީގެ ދަށުން ރާއްޖެއަށް ގިނަ އަދަދެއްގެ ވެކްސިން ލިބިފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް ލިބިފައިވާ އެސްޓްރަޒެނެކާ ވެކްސިން މުއްދަތު ނޮވެމްބަރު މަހު ހަމަވާނެއެވެ.

ރާއްޖޭގައި މިހާތަނަށް 392,773 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 343,149 މީހަކު ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ.

އަދި މީގެ އިތުރުން ބައެއް މީހުންނަށް ބޫސްޓާ ޑޯޒް އެއްގެ ގޮތުގައި ތިން ވަނަ ޑޯޒް އެއްވެސް ޖަހައިދެމުންދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް