ނުބައި އިޖެކްޝަނެއް ޖެހުމުގެ ސަބަބުން ކުޑަކުއްޖަކު މަރުވި ކަމުގެ ތުހުމަތު

Loading

Facebook
Twitter
WhatsApp

 

 

ފުވައްމުލައް ސިޓީ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ކުޑަކުއްޖަކު ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށާ އެ ކުއްޖާ މަރުވީ ނުބައި އިންޖެކްޝަނެއް ޖެހުމުން ކަމަށް އާއިލާއިން ތުހުމަތުކޮށްފިއެވެ.

އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ނިޔާވީ އެ ކުއްޖާއަށް ފަރުވާ ދެމުންދަނިކޮށް ރޭ ގައެވެ.

އާއިލާއިން ބުނަނީ އެ ކުއްޖާގެ ހާލު ސީރިއަސް ވީ އިއްޔެ ހަވީރު ކުއްލިއަކަށް ކަމަށާ ހާލު ގޯސްވީ އިންޖެކްޝަން ޖެހި ފަހުންކަމަށެވެ.

ކުޑަކުއްޖާގެ މާރާ ގުޅިގެން އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ ކުޑަ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ބަޑުގައި ރިއްސައި ވަރަށް ގަދައަށް ހޮޑުލާން ފެށުމުން އެވެ.

އޭނާ ބުނީ ހޮސްސްޕިޓަލަށް ގެންދިއުމުން އެޑްމިޓް ކުރުމަށްފަހު ލޭގެ ޓެސްޓް ތަކަކާއި ސްކޭނެއް ވެސް ހެދިކަމަށެވެ.  އަދި ބަނޑަށް އިތުރަށް ތަދުވާތީ ބުނުމުން އިންޖެކްޝަނެއް ޖެހިކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ކުއްޖާ މަރުވީ އެ އިންޖެކްޝަން ޖެހިފަހުން ހާލު ބޮޑުވެގެންނެވެ.

”އެ އިންޖެކްޝަން ޖެހިތާ އިރުކޮޅެއް ނުވޭ ކުއްޖާ ހަބަރު ހުސްވެގެން ވެއްޓިއްޖެ. މީ އެމީހުންގެ އިހުމާލުން ވީކަމެއް. ތުއްތު މައުސޫމް ކުއްޖާގެ ފުރާނަ އެދިޔައީ އެމީހުންގެ އިހުމާލުން، މިކަން ބެލެންޖެހޭނެ “ އެ މީހާ ބުންޏެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މި ކަމާގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

މި ކުޑަކުއްޖާ މަރު ވުމާއި ގުޅިގެން ރޭ އެ ހޮސްޕިޓަލް ކައިރިއަށް ބަޔަކު އެއްވެ ވަނީ މުޒާހަރާއެއްވެސް ބާއްވާފައެވެ. އެމީހުން ގޮވައިލީ  ހޮސްޕިޓަލުގެ ފެންވަރު ރަގަޅުކުރުމަށާއި ހޮސްޕިޓަލާ ހަވާލުވެހުންނެވި ފަރާތުން އިސްތިއުފާ ދިނުމަށެވެ.

ކުޑަކުއްޖާގެ މަރާ ގުޅިގެން ހޮސްޕިޓަލަށް ތުހުމަތުތައް ކުރެވޭއިރު މިއަދުގެ ފަތިސް ނަމާދަށްފަހު އެކުއްޖާގެ ހަށިގަނޑުވަނީ ވަޅުލާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް