އުނދަގޫ އަހަރަކަށް ފަހު ދެން އޮތީ ތަރަައްގީ: ރައީސް

ކޮވިޑް-19 އިން އަރައިގަނެ، ގައުމު އަލުން އާރާސްތުކުރަން އެކި ދާއިރާތަކުން އިސްކަންދޭނެ ތަރުތީބާ އެކު ރައްޔިތުންގެ ހާލަތު ރަނގަޅުވެ، މަޝްރޫއުތައް ހިނގައިގަންނާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމުގެ ގޮތުން ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ މުޅި ދުނިޔެ ހުއްޓުވާލި ކޮރޯނާވައިރަހުގެ ބަލިމަޑުކަން ރާއްޖެ ވަށާލައި ގައުމުގެ އާއްމު ހާލަތު ބަދަލުވެ، އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެއާ އެކު މިދިޔަ އަހަރަށް އިސްކަންދޭން ކަނޑައެޅި ތަރުތީބުތައް ބަދަލުކޮށް ސަރުކާރުގެ ހުރިހާ […]

ވަގަށް ނަގާފައިވާ ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުުހުން ހޯދައިފި

ތިލަފުށި ސައިޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ދިރިއުޅޭތަނަކުން ބިދޭސީ މުވައްޒަފެއްގެ 59500 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް، ޖަނަވަރީ 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންކުރި ތަހުގީގުގެ ތެރެއިން އެ ފައިސާތައް ހޯދައިފިއެވެ. ފުލުހުން މިއަދު ވިދދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންކުރި ތަހުގީގުގެ ތެރެއިން، އެކަމާގުޅިގެން ތުހުމަތު ކުރެވޭ މީހުންނާއި އެމީހުން ދާނެ ކަމަށް ބެލެވޭ ތަންތަން ދެނެގަތުމަށް ސީސީޓީވީ ފުޓޭޖުތައް ބަލާފައިވެއެވެ. އެގޮތުން ބެލިބެލުމުގެ ތެރެއިން ބައެއް ފައިސާ ފެނިފައިވަނީ ތިލަފުށި […]

މިޔަންމާއަށް ގެނައި ބަޣާވާތް ސަލާމަތީ މަޖިލީހުން ކުއްވެރިއެއް ނުކުރި 

ސިފައިން ނިކުމެ މިޔަންމާގެ ވެރިކަން ވައްޓާލައި، މަދަނީ ލީޑަރު އަންސަން ސޫކީ އާއި އޭނާގެ ވަފާތެރިން ހައްޔަރު ކުރި ނަމަވެސް އެކަން ކުއްވެރިކޮށް ބަޔާނެއް ނެރެން އދ.ގެ ސަލާމަތީ މަޖިލިސް ފަސް ޖެހިއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އދ.ގެ ސަލާމަތީ މަޖިލީހަށް މިޔަންމާގެ ބަޣާވާތް ކުއްވެރިކޮށް ބަޔާނެއް ނެރެވޭ ގޮތް ނުވީ ރަޝިއާ އާއި ޗައިނާ އިން މިޔަންމާގެ ސިފައިންނަށް ތާއިދު ކުރުމުންނެވެ. ރަޝިއާ އާއި ޗައިނާގެ ސަފީރުން ވަނީ މިޔަންމާގެ މައްސަލައިގައި ސަލާމަތީ މަޖިލީހުން […]

ޔާމީން ހާޒިރުކުރީ ހިޔާނާތުން ދޫކުރި ރަށެއްގެ މައްސަލާގައި- ފުލުހުން 

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ބަލަމުންދާ އިތުރު ރަށެއްގެ މުއާމަލާތަކާއި ގުޅޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފި އެވެ. ރައީސް ޔާމީން އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މެންދުރުއެވެ. ގިނަ އިރުތަކެއް ވަންދެން ފުލުހުން ވަނީ އެމަނިކުފާނާ ސުވާލު ކޮށްފައެވެ. ރައީސް ޔާމީންގެ ވަކީލުންވެސް ވަނީ އެމަނިކުފާނާއެކު ފުލުހަށް ވަޑައިގެންފައެވެ. ފުލުހުން ބުނީ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ […]

ރަޝިއާގެ އިދިކޮޅު ލީޑަރު ދެއަހަރާއި ބައިގެ މުއްދަތަކަށް ޖަލަށް ލާން ޙުކުމްކޮށްފި 

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވަލްނޭ ދެއަހަރާއި ބައިގެ މުއްދަތަކަށް ޖަލަށް ލުމަށް އިއްޔެ މޮސްކޯގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ. ނަވަލްނީގެ މައްޗަށް މިޙުކުމް އައީ2014 ވަނަ އަހަރު އޭނާ ދެކުންފުންޏަކުން ފައިސާތަކެއް އޮޅުވާލައިގެން ހޯދި ކަމަށް ބުނާ މައްސަލައެއްގައެވެ. އެމައްސަލައިގައި އޭރު އޭނާ އަށް ތިން އަހަރާއި ބައިގެ ޙުކުމެއް އިއްވިއެވެ. ނަމަވެސް ގޭބަންދުގައި އަހަރެއްހާ ދުވަސް ހޭދަކުރިފަހުން އެފަހަރު އޭނާގެ ޙުކުމް ސަސްޕެންޑް ކުރިއެވެ. އަލުން އޭނާގެ ޙުކުމް ތަންފީޒު ކުރަން ކޯޓުން ޙުކުމް […]

ހޮޓާތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް ބަދަލުގެނެސްފި 

ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް އިކޮނަމިކް މިނިސްޓްރީން ބަދަލުގެނެސްފިއެވެ. އިކޮނަމިކް މިނިސްޓްރީން ދެންމެ ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 03 ފެބްރުއަރީ އިން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށެވެ. ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަ […]

ކޮޅުފުށި ފުރަބަންދުކޮށްފި

މ. ކޮޅުފުށި ފުރަބަންދުކޮށް، އެރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ. އެރަށަށް އަރާ ފޭބުން މަނާކޮށްފައި ވަނީ އެރަށުން މި މަހުގެ 19 ވަނަ ދުވަހު މާލެ ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ. އެރަށް މޮނީޓަރިންގ ލާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އެ ރަށް މޮނީޓަރިންގއަށް ލާފައިވާއިރު، އެ ދެ ރަށަށް އަރާ ފޭބޭނީ ކަމާއި ބެހޭ ހުރި އިދާރާތަކުގެ ހުއްދަ ލިބިގެންނެވެ. އެރަށު ކައުންސިލް ރައީސް ހުސައިން ޝާމިލް މީޑިއާއަށް ވިދާޅުވީ، އެރަށުން މާލެ […]

ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޙާއްސަ އުސޫލެއް ސަޢުދީއިން ހަމަޖައްސަވައިފި

ކޮވިޑް-19ގެ ޙާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް ސަޢުދީޢަރަބިއްޔާއިން ހަމަޖައްސަވައިފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19ގެ ހާއްސަ ހާލަތާއި ގުޅިގެން ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި، ސަޢޫދީޢަރަބިއްޔާ، އަދި އެހެނިހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސަޢުދީ ފޮރިން މިނިސްޓަރާއި އަދި ސަޢުދީ ސަރުކާރާއެކު މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ. ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުން ޢުމްރާގެ […]

ހޮޓާ ރެސްޓޯރެންޓް ތައް ހުޅުވައިފައި ބެހެއްޓޭ ވަގުތު އިތުރު ކޮށްފި

ހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިތުރުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ކުރެއްވި އިއުލާނެއްގައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، މިއަދުން ފެށިގެން، ހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 ކަމަށެވެ. އަދި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ […]

ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ތަހްޤީޤް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން އިން ތަހުޤީޤީ ކޮމިޝަނެއް އެކުލަވައި ލައިފިއެވެ. އެ މިނިސްޓްރީން އެކުލަވައި ލެއްވި މިކޮމިޓީއިން ބަލަން ނިންމަވާފައިވާ މައްސަލަތަކަކީ ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަބްދުއްރައޫފު އިބްރާހީމްއާއި އަބްދު ހަމީދު އަދި އަލީ ސަމީރު، ގާނޫނު އަސާސީގެ 152 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 41 ވަނަ މާއްދާއާ ހިލާފަށް ޢިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައެއްގެ އިތުރުން ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު […]