ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

Loading

Facebook
Twitter
WhatsApp

ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ތަހްޤީޤް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން އިން ތަހުޤީޤީ ކޮމިޝަނެއް އެކުލަވައި ލައިފިއެވެ.

އެ މިނިސްޓްރީން އެކުލަވައި ލެއްވި މިކޮމިޓީއިން ބަލަން ނިންމަވާފައިވާ މައްސަލަތަކަކީ ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަބްދުއްރައޫފު އިބްރާހީމްއާއި އަބްދު ހަމީދު އަދި އަލީ ސަމީރު، ގާނޫނު އަސާސީގެ 152 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 41 ވަނަ މާއްދާއާ ހިލާފަށް ޢިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައެއްގެ އިތުރުން ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވެވި ޝަރީޢަތުގެ މަޖްލިހެއް ނިމުނީކަމަށް ޢިއުލާންކުރެއްވުމަށްފަހު، މައްސަލައިގައި ހިމެނޭ ޚަސްމަކާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައެވެ.

ޖޭއެސީން ވިދާޅުވީ، އެކުލަވާލި ކޮމިޓީގައި ހިމަނާފައިވަނީ ކޮމިޝަނުން ތަޙްޤީޤުކުރާ ސުލޫކީ މައްސަލަތަކުގެ ތަޙްޤީޤުތަކަށް ކޮމިޝަނުން ބޭރުން ނަގާފައިވާ ބޭފުޅުން ކަމަށެވެ.

މީގެ އިތުރުން ޖޭއެސްއީ އިން ވަނީ ދ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއަކާ ގުޅިގެން ހައްޔަރުގައި ހުރި މީހެއްގެ ބަންދު
މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވުމުން އެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި އަހަރު ދުވަސް ވެފައިވުމާއި، އަދި އެ ޤަޟިއްޔާގައި އަޑުއެހުންތައް ފަށައި ނުގަނެ އެކަށީގެންވާ މިންވަރަށް ވުރެ، ދިގުމުއްދަތެއްވެފައިވާތީ، މިއީ އެ މައްސަލަ ބައްލަވާ އިސްމެޖިސްޓްރޭޓް ޢަލީ ޝަފީގު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވުންކަމަށް ބުނާ މައްސަލައެއް ބަލަން ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް