ޓްރަމްޕް ކުށްވެރިނުވެ ސަލާމަތްވެއްޖެ

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތަކަކީ ޓްރަމްޕް ބާރުއެޅުމުގެ ސަބަބުން ހިންގި ކަމެއްކަމަށް ބުނެ ސެނެޓްގައި ކުރިއަށް ގެންދިޔަ ޝަރީއަތުން ޓްރަމްޕް ކުށްވެރިވާކަމަށް ނިންމަން ބޭނުންވާ ވަރަށް ވޯޓް ހަމަނުވެ ޓްރަމްޕް އެންމެ ފަހުން ސަލާމަތް ވެއްޖެއެވެ. ސެނެޓުން ޓްރަމްޕް ކުށްވެރިވާ ކަމަށް ނިންމިނަމަ ކުރިއަށް އޮތްތަނުގައި ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ޓްރަމްޕް އަށް ބަންދުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސެނެޓްގައި ޓްރަމްޕްގެ ޝަރީއަތް ކުރިއަށް ގެންދިއުމަށްފަހު ޓްރަމްޕް […]

މަންޓާ އެއާގެ ސީ ޕްލޭނެއް ވެއްޓިއްޖެ

މަންޓާ އެއާގެ ސީ ޕްލޭނެއް ވެއްޓިއްޖެއެވެ. ސީ ޕްލޭން ވެއްޓިފައިވަނީ މާލެއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ސީޕްލޭންގެ އެކްސިޑެންޓް ހިނގިއިރު ސީޕްލޭންގައި ނުވަ މީހުން ތިބި ކަމަށެވެ. އެއީ ހަފަސެންޖަރުންނާއި ތިން ކްރޫންނެ. މީގެ ތެރެއިން އެކެއްގެ ކޮނޑުހުޅު ނައްޓާލާފައިވެއެވެ. އަދި އިތުރު މީހެއްގެ ކޮނޑަށް އަނިޔާވެފައިވެއެވެ. މިހާރު ސިފައިން ދަނީ ސީޕްލޭނުން ދަތުރުކުރި މީހުންގެ ލަގެޖްތައް ރިކަވާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސީޕްލޭނުން ދަތުރުކުރި އެންމެން މެޑިކަލް ޗެކަޕެއް ހެދުމަށް ހޮސްޕިޓަލަށް […]

ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ 

ގަލޮޅު ގެއެއްގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ އޭނާ ނިޔާވެފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 22:43 ގައި ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެެއް ނުކުރެއެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ. ނިޔާވެފައި އޮތް މީހާ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާތީ އޭނާގެ އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.

ޝަރީއަތް ކުރިއަށް ދަނިކޮށް އަލީ ވަހީދު ރާއްޖެ ދޫކުރައްވާ ފުރައިވަޑައިގެންފި

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެ ދޫކުރައްވާ ފުރާވަޑައިގެންފިއެވެ. ޢަލީ ވަޙީދު ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައި ޓަރކިޝް އެއަރލައިންގެ ފްލައިޓެއްގައި ލަންޑަނަށްކަމަށް މަޢުލޫމާތު ލިބެއެވެ. ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާއިފައި އޮތުމަށްފަހު، ޕާސްޕޯޓް ހިފެހެއްޓި މައްސަލަ މުރާޖަޢާކުރުމަށް މިދިޔަ ހޯމަދުވަހު ބޭއްވި ޝަރީޢަތުގައި ވަނީ ޕާސްޓްޕޯޓް ދޫކޮށްލާފައެވެ. އެ އަޑު އެހުމުގައި އަލީ ވަހީދުގެ […]

ބަނގުރާފުޅިތަކެއް ހުޅުމާލެ އިން އަތުލައިގެންފި 

ހުޅުމާލެ އިން ފުލުހުން ވެހިކަލެއް ހުއްޓުވައި އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާފުޅި އަތުލައިގެންފިއެވެ. ފުލުހުން ވަނީ ވެހިކަލާއި އަތުލައިގަތް ބަނގުރާފުޅިތަކުގެ ތަކުގެ ފޮޓޯތައް އާއްމުކޮށްފައެވެ. ފުލުހުން ވިދާޅުވީ ބަނގުރާ ހުރިކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ވަނީ ހުޅުމާލެއުން ވެހިކަލެއް ހުއްޓުވާ ބަލާ ފާސްކޮށްފައިވާކަމަށެވެ. މިމައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމަކަށް އަދި ބަނގުރާ ފުޅިތަކާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ. މާލެ އާއި ހުޅުމާލެ އިން ދޭތެރެ ދޭތެރެއިން ބަނގުރާ ފުޅިތައް އަތުލައިގަތުމަކީ […]

މާމެންދޫގައި ކުއްޖަކު މަރާލި މައްސަލައިގަ ތިން މީހަކު ހައްޔަރު ކޮށްފި

ގއ.މާމެންދޫގައި ރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ 17 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިހާތަނަށް މި މާރާމާރީއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ މާރާމާރީގެ ރިޕޯޓް ލިބުނީ ރޭ 10:10 ގައި ކަމަށާއި މި މާރާމާރީގައި […]

ނާޗަރަންގީ ޖަގަހައަށް ވުރެން މުހިންމީ ވަޒީފާ އާއި ބޯހިޔާވަހިކަން – ޑރ.ޝަހީމް

ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއި ހަރުދަނާ ޢާއިލާއެއް ބިނާކުރުމާއި އަބުރުވެރި ދިރިއުޅުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ނާޗަރަންގީ ޖަގަހަތަކާއި ދެކޮޅަށް ޑރ.ޝަހީމް ވާހަކަފުޅު ދައްކަވާފައި މިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މާލޭގައި ޒުވާނުންނަށް މަޖާ ކޮށްލެވޭ ގޮތަށް މިއުޒިކް ފަދަ […]

ވެކްސިން ޖަހަން އިނގިރޭސިވިލާތުގެ މިސްކިތްތައް ބޭނުންކުރަން ފަށައިފި 

ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ވެކްސިން ދިނުމަށް ކްލިނިކްތަކެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ މިސްކިތްތައް ބޭނުންކުރަން ފަށައިފިއެވެ. އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ހަފްތާ ބަންދުގައި އެތައް ސަތޭކަ މުސްލިމުންނަށް މިސްކިތްތަކުގައި ވަނީ ވެކްސިން ދީފައެވެ. މިސްކިތްތަކުގައި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެކްސިން ޖެހުމަށް މުސްލިމުންނަށް ބާރުއެޅުން ކަމަށް އިނގިރޭސިވިލާތުގެ އޮފިޝަލުން ވިދާޅުވެއެވެ. އިނގިރޭސިވިލާތުގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ދިޔަ ނަމަވެސް މުސްލިމުންނާއި އަދި އިނގިރޭސިވިލާތުގެ […]

ކޮވިޑު ޖެހިގެން ދުބާއީގައި ދިވެއްސަކު ނިޔާވެއްޖެ 

ކޮވިޑް-19 ޖެހިގެން ދުބާއީގައި ދިވެއްސަކު ނިޔާވެއްޖެއެވެ. ކޮވިޑް-19 ޖެހިގެން ދުބާއީގައި ނިޔާވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) ގެ ސީނިއާ ޓެކްނިކަލް އޮފިސަރު އަބްދުﷲ އިޔާދު އަހުމަދު 38، އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ދުބާއީ އަށް ދިޔައީ އަމިއްލަ ދަތުރެއްގަ އެވެ. އެޗުޑީސީގެ މުނިސިޕަލް ސާވިސަސްގައި މިހާރު މަސައްކަތްކުރާ އިޔާދު އެ ކުންފުނީގައި މަސައްކަތް ކުރައްވަން ފެއްޓެވީ މާޗު 19، 2017 ގަ އެވެ. ދުބާއީގައި މިދިއަ ހަފުތާގައި ވެސް ވަނީ ދިވެއްސަކު ނިޔާވެފައެވެ. މިދިޔަ […]

މޯލްޑިވް ގޭހުގެ ޑީއެމްޑީ އިކްރާމްގެ ޗެޓް ލޮގްކަމަށް ބުނާ ޗެޓްލޮގްތަކެއް ލީކުކޮށްލައިފި

ސަސްޕެންޑްކޮށްފައި ހުރި މޯލްޑިވް ގޭހުގެ ޑީއެމްޑީ ޢަލީ އިކްރާމްގެ ޗެޓް ލޮގްކަމަށް ބުނާޗެޓް ލޮގްތަކެއްގެ ސްކްރީންޝޮޓްތަކެއް ލީކު ކޮށްލައިފިއެވެ. މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ އެ ޗެޓް ލޮގްތަކުގައި އިކްރާމްގެ ފޮޓޯއިންނަ އައިޑީއަކުން އެހެން މީހަކާއި ބޭއަދަބީ ބަހުން މުޢާމަލާތްކޮށްފައި ހުއްޓެވެ. އެއައިޑީން ޗެޓްކޮށްފައިވާ ފަރާތުގެ އައިޑީ އެ ސްކްރީން ޝޮޓްތަކުން ފެންނާކަށް ނެތެވެ. ދައްކާފައިވާ ވާހަކައަށް ބަލާއިރު ވާހަކަ ދައްކާފައި ވަނީ އަންހެން ކުއްޖަކާ ކަމަށް ބެލެވެއެވެ. އިކްރާމްގެ ފޮޓޯއިންނަ އައިޑީން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، […]