ޝަރީއަތް ކުރިއަށް ދަނިކޮށް އަލީ ވަހީދު ރާއްޖެ ދޫކުރައްވާ ފުރައިވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެ ދޫކުރައްވާ ފުރާވަޑައިގެންފިއެވެ.

ޢަލީ ވަޙީދު ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައި ޓަރކިޝް އެއަރލައިންގެ ފްލައިޓެއްގައި ލަންޑަނަށްކަމަށް މަޢުލޫމާތު ލިބެއެވެ. ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާއިފައި އޮތުމަށްފަހު، ޕާސްޕޯޓް ހިފެހެއްޓި މައްސަލަ މުރާޖަޢާކުރުމަށް މިދިޔަ ހޯމަދުވަހު ބޭއްވި ޝަރީޢަތުގައި ވަނީ ޕާސްޓްޕޯޓް ދޫކޮށްލާފައެވެ.

އެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހެކީގެ ގޮތުގައި ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެ އެކަމަށް ބޭސްފަރުވާކުރަން ޖެހޭކަން ފާހަގަކޮށްފައެވެ. ޝަރީޢަތުން ވަނީ ޑޮކްޓަރުގެ ވާހަކަތަކަށް ރިޔާޢަތްކޮށް އަލީ ވަހީދުގެ ޕާސްޓްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ބާޠިލްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ.

ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް:

1. ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.
2. ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
3. ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.
4. ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
5. ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
6. ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް މިނިސްޓަރު ކަމުގައި ހުންނަވައިގެން ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ޢަލީ ވަޙީދު އެންގެވިއެވެ. އެހެންނަމަވެސް ޢަލީ ވަޙީދު މަޤާމުން އިސްތިއުފާނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްއަރިޒަމް މިނިސްޓްރީގެ ވަޒީރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަދުވަހު އޭނާ ވަކިކުރައްވާފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިންގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ.

Loading

4 Responses

  1. ސޯލިޙު ވެރިއެއްގެ ދީލަތިކަން. އަދީބު ވެސް ގޭގައި- ޔާމީނު ޖަލުގައި. ކުދިކުދި ދަރަވެރިން މީރާއަށް ފައިސާ ނުދައްކާތީ ޖަލުގައި. ޕީސް އެއް ބޮއިގެން ޅަ ކުދިންތައް ޖަލުގައި. ކުދިކުދި ވައްކަން ކޮށްގެ 85 މީހުން ޖަލުގައި. ކުދިކުދި ދަރަނި ނުދެއްކިގެން ސިވިލްކޯޓްގެ އަމުރު ތަންފީޒް ކުރުމަށް ބައިގަނޑެއް ޖަލުގައި. އަހާ ސަހަރޯ މިއޮށް ޢަދާލަތެއް؟

  2. ފުރުވާލީ އެވެ. ޔަގީނެއްނޫންތޯއެވެ. ކިހިނެއް މީހަކަށް ނުފެނި އެކުއްޖާ ފިލައިގެން ދާނީ؟ ގަނޑުކޮށް ޚިޔާނާތް.

  3. އަލީ ވަޙީދުެގެ ލެޕްޓޮޕް ބެލުމުން މޯލްޑިވްސް ޕޮލިސް ކުދިން ހައިރާނުން ބައިނާޅި ވެފައިތިބީ. ދެން އޭނާ ފުރުވާނުލައި މައްސަލަތަށް ބަލާނަމަ ބޮޑުން އޮރިޔާންވަނީ. ހަމަ ހުސް ލަނޑައޭ ދެލޯފުޅާ! ދީނައްޓަކައި، ގައުމަށްޓަކައި، ރައްޔަތުންނަށްޓަކައި ފުރުވާލީ. އެގިއްޖެތޯ!

    1. އެހެންތޯއެވެ. ރަނގަޅަށް ވިއްޔާ ޔޫކޭ އެމްބަސަޑަރ އޭނަ ރިސީވްކުރަންވެސް ޕްރޮޓޮކޯލް ހަމަޖައްސާނީ. ނަޝީދުމެންގެ މަކަރާއި ދޮގުން މިގައުމު ދެން ސަލާމަތްކުރަން ވަރަށް އުނދަގުވާނެއެވެ. ގިނައީ ވައިފައްސިކޮށް އޮޑިދުއްވަން ބޭނުން މީހުން. ހިނހޫތަނުން ކައިލައިގެން އުޅެވުނީމާ ނިމުނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް