ކޮވިޑު ޖެހިގެން ދުބާއީގައި ދިވެއްސަކު ނިޔާވެއްޖެ 

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ޖެހިގެން ދުބާއީގައި ދިވެއްސަކު ނިޔާވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން ދުބާއީގައި ނިޔާވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) ގެ ސީނިއާ ޓެކްނިކަލް އޮފިސަރު އަބްދުﷲ އިޔާދު އަހުމަދު 38، އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ދުބާއީ އަށް ދިޔައީ އަމިއްލަ ދަތުރެއްގަ އެވެ.

އެޗުޑީސީގެ މުނިސިޕަލް ސާވިސަސްގައި މިހާރު މަސައްކަތްކުރާ އިޔާދު އެ ކުންފުނީގައި މަސައްކަތް ކުރައްވަން ފެއްޓެވީ މާޗު 19، 2017 ގަ އެވެ.

ދުބާއީގައި މިދިއަ ހަފުތާގައި ވެސް ވަނީ ދިވެއްސަކު ނިޔާވެފައެވެ. މިދިޔަ ހަފްތާގައި ނިޔާވީ އުމުރުން 52 އަހަރުގެ އިބްރާހިމް ހާމިދު ކިޔާ މީހެކެވެ. އޭނާ ނިޔާވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެކަމަކު މަރުވި އިރު ކޮވިޑަށް ވެސް ޕޮޒިޓިވް ވެފައިވެއެވެ.

ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިހާރު ދުބާއީއަށް ދެ އެވެ. ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށްފައި އޮތް ނަމަވެސް ދުބާއީގެ ބޯޑަރު ވަނީ ހުޅުވާލާފައެވެ. އެގައުމަށް ދަތުރުކުރާ ދިވެހިން އެގައުމަށް ގޮސް ކަރަންޓީން ވާކަށް ނުޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް