މޯލްޑިވް ގޭހުގެ ޑީއެމްޑީ އިކްރާމްގެ ޗެޓް ލޮގްކަމަށް ބުނާ ޗެޓްލޮގްތަކެއް ލީކުކޮށްލައިފި

Loading

Facebook
Twitter
WhatsApp

ސަސްޕެންޑްކޮށްފައި ހުރި މޯލްޑިވް ގޭހުގެ ޑީއެމްޑީ ޢަލީ އިކްރާމްގެ ޗެޓް ލޮގްކަމަށް ބުނާޗެޓް ލޮގްތަކެއްގެ ސްކްރީންޝޮޓްތަކެއް ލީކު ކޮށްލައިފިއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ އެ ޗެޓް ލޮގްތަކުގައި އިކްރާމްގެ ފޮޓޯއިންނަ އައިޑީއަކުން އެހެން މީހަކާއި ބޭއަދަބީ ބަހުން މުޢާމަލާތްކޮށްފައި ހުއްޓެވެ.

އެއައިޑީން ޗެޓްކޮށްފައިވާ ފަރާތުގެ އައިޑީ އެ ސްކްރީން ޝޮޓްތަކުން ފެންނާކަށް ނެތެވެ. ދައްކާފައިވާ ވާހަކައަށް ބަލާއިރު ވާހަކަ ދައްކާފައި ވަނީ އަންހެން ކުއްޖަކާ ކަމަށް ބެލެވެއެވެ.

އިކްރާމްގެ ފޮޓޯއިންނަ އައިޑީން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޗެޓްކޮށްފައިވާ އަނެއްފަރާތަށް ”ޖިންސީ އަމަލަކަށް“ ދައުވަތުދީ ވާހަކަ ދައްކާފައި ވެއެވެ.

ސަސްޕެންޝަންގައި ހުރި، ގޭސް ކުންފުނީގެ އެކްޓިން އެމްޑީ އަދި ޑީއެމްޑީ އިކްރާމް ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަ ދޮގުކޮށް، އޭނާގެ މައްޗަށް ތުހުމަތުކުރާ ”ޗެޓް ލޮގްގަކުގައި އަސްލެއްނެތް ކަމަށް“ ބުނެ އިއްޔެ ވަނީ ޓުވީޓެއް ވެސް ކޮށްފައެވެ.

އިކްރާމް މިވަގުތު ހުރީ، ސަސްޕެންޝަންގައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގޭސް ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގެ އިތުރުން ވެސް އެ ކުންފުނީގެ ބައެއް އެހެން އަންހެން މުވައްޒަފުންނަށް އޭނާގެ ފަރާތުން ނުކަޝިޔާރު ކަންކަން ކުރިމަތިވެފައިވާކަމަށް ވަނީ އަޑު ފެތުރިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް