މާމެންދޫގައި ކުއްޖަކު މަރާލި މައްސަލައިގަ ތިން މީހަކު ހައްޔަރު ކޮށްފި

7

ގއ.މާމެންދޫގައި ރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ 17 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިހާތަނަށް މި މާރާމާރީއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މާރާމާރީގެ ރިޕޯޓް ލިބުނީ ރޭ 10:10 ގައި ކަމަށާއި މި މާރާމާރީގައި ދެ މީހަކު ޒަހަމްކޮށްލި ކަމަށެވެ. އެނގިފައިވާ ގޮތުގައި ޒަހަމްވީ އެއްބަނޑު އެއްބަފާ ކޮއްކޮ އާއި ބޭބެ އެވެ. މަރުވި ކުއްޖާގެ ނަމަކީ އަހްމަދު އުދައްޔު އެވެ.

ޒަހަމްވި ދެ މީހުންގެ ތެރެއިން 17 އަހަރުގެ އުދައްޔު މަރުވީ ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. ޒަހަމްވި އަނެއް މީހާގެ ހާލަތާ ބެހޭ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް އޭނާގެ ހާލު ވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ