ވެކްސިން ޖަހަން އިނގިރޭސިވިލާތުގެ މިސްކިތްތައް ބޭނުންކުރަން ފަށައިފި 

Loading

Facebook
Twitter
WhatsApp

ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ވެކްސިން ދިނުމަށް ކްލިނިކްތަކެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ މިސްކިތްތައް ބޭނުންކުރަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ހަފްތާ ބަންދުގައި އެތައް ސަތޭކަ މުސްލިމުންނަށް މިސްކިތްތަކުގައި ވަނީ ވެކްސިން ދީފައެވެ. މިސްކިތްތަކުގައި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެކްސިން ޖެހުމަށް މުސްލިމުންނަށް ބާރުއެޅުން ކަމަށް އިނގިރޭސިވިލާތުގެ އޮފިޝަލުން ވިދާޅުވެއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ދިޔަ ނަމަވެސް މުސްލިމުންނާއި އަދި އިނގިރޭސިވިލާތުގެ ބައިމަދު ދީންތަކާއި ބައިމަދު ނަސްލުތަކުގެ މީހުން ކޮވިޑް-19 ވެކްސިން ޖަހާ މިންވަރު މަދުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިސްކިތްތަކުގައި ވެކްސިން ޖަހާފައި ވަނީ އުމުރުން 68 އަހަރަށްވުރެ ދޮށީ މީހުންނަށެވެ. ވެކްސިން ޖަހަން މިސްކިތަކަށް ގޮސް ހުރި ”ގާޑިއަން“ ނޫހަށް މައުލޫމާތު ދެމުން ބުނީ އޭނާ ވެކްސިން ޖަހަން ނިންމީ ވެކްސިނަކީ މިބަލިމަޑުކަމުން އަރައިގަތުމަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކެނޑިނޭޅި ވިދާޅުވަމުން ގެންދަވާތީ އެކަން ގަބޫލުު ކޮށްގެންނެވެ. ”އިސްލާމް ދީނުގައި ބާރުއަޅަނީ ފުރަތަމަ ތިމާގެ ސިއްހަތު ރައްކާތެރި ކުރުމަށްފަހު އެހެން މީހުންގެ ސިއްހަތު ވެސް ރައްކާތެރި ކުރުމަށް ތިމާގެ ޒިންމާ އަދާކުރުމަށް. އަޅުގަނޑު މިވަނީ އަޅުގަނޑުގެ ޒިންމާ އަދާކޮށްފައި.“ އޭނާ ބުންޏެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ލަފާކުރަނީ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އެގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް-19 ވެކްސިން ދެވޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް