ވަގަށް ނަގާފައިވާ ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުުހުން ހޯދައިފި

Loading

Facebook
Twitter
WhatsApp

ތިލަފުށި ސައިޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ދިރިއުޅޭތަނަކުން ބިދޭސީ މުވައްޒަފެއްގެ 59500 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް، ޖަނަވަރީ 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންކުރި ތަހުގީގުގެ ތެރެއިން އެ ފައިސާތައް ހޯދައިފިއެވެ.

ފުލުހުން މިއަދު ވިދދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންކުރި ތަހުގީގުގެ ތެރެއިން، އެކަމާގުޅިގެން ތުހުމަތު ކުރެވޭ މީހުންނާއި އެމީހުން ދާނެ ކަމަށް ބެލެވޭ ތަންތަން ދެނެގަތުމަށް ސީސީޓީވީ ފުޓޭޖުތައް ބަލާފައިވެއެވެ. އެގޮތުން ބެލިބެލުމުގެ ތެރެއިން ބައެއް ފައިސާ ފެނިފައިވަނީ ތިލަފުށި ސައިޓެއްގައިހުރި ޖަމްބޯ ބޭގެއްގެ ތެރެއިންނެވެ. އަދި ބާކީ ފައިސާ ހޯދާފައިވަނީ ބަނގްލަދޭޝްގައި ހުރި މީހެއްގެ އެކައުންޓަށް ޓްރާންސްފަރކޮށްފައި ހުއްޓައެވެ. އެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިހުރި ފައިސާއާއެކު ޖުމްލަ 59500 ރުފިޔާ މިހާރުވަނީ އެ ބިދޭސީ މުވައްޒަފާ ހަވާލުކޮށްފައެވެ.

މި މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް