ހޮޓާތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް ބަދަލުގެނެސްފި 

Loading

Facebook
Twitter
WhatsApp

ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް އިކޮނަމިކް މިނިސްޓްރީން ބަދަލުގެނެސްފިއެވެ.

އިކޮނަމިކް މިނިސްޓްރީން ދެންމެ ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 03 ފެބްރުއަރީ އިން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަ ފަދަ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެ ކަމަށް އިކޮނަމިކް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން މިރޭ11:00 އިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގަން ވަނީ ނިންމާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް