މިޔަންމާއަށް ގެނައި ބަޣާވާތް ސަލާމަތީ މަޖިލީހުން ކުއްވެރިއެއް ނުކުރި 

Loading

Facebook
Twitter
WhatsApp

ސިފައިން ނިކުމެ މިޔަންމާގެ ވެރިކަން ވައްޓާލައި، މަދަނީ ލީޑަރު އަންސަން ސޫކީ އާއި އޭނާގެ ވަފާތެރިން ހައްޔަރު ކުރި ނަމަވެސް އެކަން ކުއްވެރިކޮށް ބަޔާނެއް ނެރެން އދ.ގެ ސަލާމަތީ މަޖިލިސް ފަސް ޖެހިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އދ.ގެ ސަލާމަތީ މަޖިލީހަށް މިޔަންމާގެ ބަޣާވާތް ކުއްވެރިކޮށް ބަޔާނެއް ނެރެވޭ ގޮތް ނުވީ ރަޝިއާ އާއި ޗައިނާ އިން މިޔަންމާގެ ސިފައިންނަށް ތާއިދު ކުރުމުންނެވެ. ރަޝިއާ އާއި ޗައިނާގެ ސަފީރުން ވަނީ މިޔަންމާގެ މައްސަލައިގައި ސަލާމަތީ މަޖިލީހުން ވަކިއެއްޗެއް ބުނުމުގެ ކުރިން އިތުރު ކަންކަން ބަލަން ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

15 މެންބަރު ގައުމު ހިމެނޭ ސަލާމަތީ މަޖިލީހަށް މިޔަންމާގެ މައްސަލަ ހުށަހެޅީ އިނގިރޭސިވިލާތުންނެވެ. އެމެރިކާ އިން ވަނީ އިނގިރޭސިވިލާތުން ހުށަހެޅި ޤަރާރަށް ތާއިދު ކޮށްފައެވެ. ޤަރާރުގައި ބުނެފައި ވަނީ މިޔަންމާ ސިފައިން ކޮށްފައިވާ ބަޣާވާތް ކުއްވެރި ކުރާކަމަށާއި ވަގުތުން ވަގުތަށް މިޔަންމާގެ ޑިމޮކްރަޓިކް ހަމަތައް އިއާދަ ކުރުމަށް ސިފައިންގެ ގޮވާލާ ކަމަށެވެ.

މިޔަންމާގެ ސިފައިން ބުނެފައި ވަނީ ކުރިއަށް އޮތް އެއްއަހަރު މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ޤާނޫނުތައް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ. އަލުން އިންތިޚާބެއް ބާއްވާނީ އެއްއަހަރު ފަހުން ކަމަށާއި އެއިންތިޚާބުން މޮޅުވާ ބަޔަކާއި ވެރިކަން ހަވާލު ކުރާނެ ކަމަށް މިޔަންމާގެ ސިފައިން ބުނެއެވެ.

ހޯމަ ދުވަހު މިޔަންމާ އަށް ގެނައި ބަޣާވާތައް ފަހު އަދި މިހާތަނަށް ސޫކީގެ ޚަބަރެއް ނުވެއެވެ. ނަމަވެސް މިޔަންމާގެ ބައެއް އޮފިޝަލުން ވަނީ ސޫކީ ގަދަވެސަލާމަތުން އެބަހުއްނެވި ކަމަށާއި އޭނާ ހުންނެވީ ސިފައިންގެ ބަންދުގައި ކަމަށް މީޑިއާގައި ވިދާޅުވެފައެވެ.

Loading

One Response

  1. މިޔަންމާގެ ސިފައިން ބުނެފައި ވަނީ ކުރިއަށް އޮތް އެއްއަހަރު މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ޤާނޫނުތައް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ. އަލުން އިންތިޚާބެއް ބާއްވާނީ އެއްއަހަރު ފަހުން ކަމަށާއި އެއިންތިޚާބުން މޮޅުވާ ބަޔަކާއި ވެރިކަން ހަވާލު ކުރާނެ ކަމަށް މިޔަންމާގެ ސިފައިން ބުނެއެވެ.
    ސަޅީގޮތެއް މިވެސް! ދެން އަނެއްކާވެސް ސިވިލް ސަރުކާރު މިލިޓަރީ ބުނާގޮތެއް ނުހަދައިފިނަމަ އަނެއްކާވެސް ރޭގަނޑު ނިކުމެ ސިޔާސީ އެންމެން ނިދައިފަތިއްބާ ބޮޑުބަޑި ހިފައިގެން ގޮސް ނަގައި ހައްޔަރުކުރާނީއޯ. ދެން އަނެއްކާވެސް ކުރިން އެބުނިގޮތަށް 1 އަހަރު ފަހުން އިންތިޚާބެއް ބާއްވާނީޔޯ؟ ބޮޑު ބަލާވެރިކަމެއް ތީ#

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް