ރަޝިއާގެ އިދިކޮޅު ލީޑަރު ދެއަހަރާއި ބައިގެ މުއްދަތަކަށް ޖަލަށް ލާން ޙުކުމްކޮށްފި 

Loading

Facebook
Twitter
WhatsApp

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވަލްނޭ ދެއަހަރާއި ބައިގެ މުއްދަތަކަށް ޖަލަށް ލުމަށް އިއްޔެ މޮސްކޯގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

ނަވަލްނީގެ މައްޗަށް މިޙުކުމް އައީ2014 ވަނަ އަހަރު އޭނާ ދެކުންފުންޏަކުން ފައިސާތަކެއް އޮޅުވާލައިގެން ހޯދި ކަމަށް ބުނާ މައްސަލައެއްގައެވެ. އެމައްސަލައިގައި އޭރު އޭނާ އަށް ތިން އަހަރާއި ބައިގެ ޙުކުމެއް އިއްވިއެވެ. ނަމަވެސް ގޭބަންދުގައި އަހަރެއްހާ ދުވަސް ހޭދަކުރިފަހުން އެފަހަރު އޭނާގެ ޙުކުމް ސަސްޕެންޑް ކުރިއެވެ.

އަލުން އޭނާގެ ޙުކުމް ތަންފީޒު ކުރަން ކޯޓުން ޙުކުމް ކުރީ ކުރީގެ ޙުކުމް ސަސްޕެންޑްކޮށް ކޮށްފައި އޮތް ޝަރުތުތަކާއި ހިލާފު ވުމުންނެވެ. އިއްޔެގެ ޙުކުމުގައި ބުނެފައި ވަނީ ފެޑްރަލް ޕެނިޓެންޝަރީ ސާވިސް އަށް ޤަވައިދުން ހާޒިރުވެ ރިޕޯޓް ކުރަން ޖެހޭ ގޮތައް ނަވަލްނީ ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ.

އޭނާ ޕެނިޓެންޝަރީއަށް ގަވައިދުން ހާޒިރު ނުވެވުނީ ވިހައެއް ދިނުމުގެ ސަބަބުން ހާލު ދެރަވެ ޖަރުމަންވިލާތުގައި ފަރުވާ ދޭން ޖެހުމުންނެވެ. ނަމަވެސް ކޯޓުން އިއްޔެ ކުރި ޙުކުމުގައި ބުނެފައި ވަނީ ނަވަލްނީ ޕެނިޓެންޝަރީއަށް ހާޒިރު ނުވެވުނު ސަބަބު ކަމަށް ބުނެ ދައްކާ ސަބަބަކީ ޝަރީއަތައް ބަލައި ގަނެވޭނެ ސަބަބެއް ނޫން ކަމަށެވެ.

ނަވަލްނީގެ ޝަރީޢަތައް ސަރުކާރުން ވަނީ ނުފޫޒު ފޯރުވާފައި ކަމަށް އޭނާގެ ވަކީލުން ބުނެއެވެ.

ޖަރުމަންވިލާތުން ބޭސްފަރުވާ ކުރުމަށްފަހު ނަވަލްނީ ގައުމަށް އެނބުރި ވަޑައިގެންނެވީ މިދިޔަ ހަފްތާގައެވެ. އޭނާ ގައުމަށް ވަޑައިގެންނެވުމާއިއެކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރުމުން އޭނާގެ ސަޕޯޓަރުން ދަނީ ރަޝިއާގެ އެކި ސަރަހައްދުތަކުގައި ރައީސް ވްލަޑިމިއާ ޕޫޓިން އާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މުޒާހަރާ ކުރަމުން ގެންދާ އެތައް ސަތޭކަ ބަޔަކު މިހާރު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް