ހޮޓާ ރެސްޓޯރެންޓް ތައް ހުޅުވައިފައި ބެހެއްޓޭ ވަގުތު އިތުރު ކޮށްފި

Loading

Facebook
Twitter
WhatsApp

ހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރެއްވި އިއުލާނެއްގައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، މިއަދުން ފެށިގެން، ހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 ކަމަށެވެ.

އަދި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރަން ވާނެ ކަމަށް އެއިޢްލާނުގައި ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ހުރިހާ ރެސްޓޯރެންޓްތަކާއި ކެފޭތައް ބަންދުކޮށްފައި އަލުން ހުޅުވީ މާލެ ސަރަހައްދުގައި ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވުމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް