ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ ތަރައްޤީ ކުރަނީ

އަވައްޓެރި އިންޑިއާގެ އެހީތެރި ކަމާއި އެކު ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރ ތަރައްޤީ ކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި މަޝްރޫޢު ކުރިއަށް ގެންދާނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުންނެވެ. މި މަސައްކަތަށް 1،711،434.60ރ. ކަނޑައަޅާފައިވެ އެވެ. އިންޑިއާގެ އެހީގެ ދަށުން ގެންނަ ބަދަލުތަކުގެ ތެރޭގައި […]
އެމެރިކާއިން އެތަށް ބަޔަކު މަރުވާން ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެފި

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އާދަޔާއި ހިލާފަށް އިތުރުވަމުން ދާތީ އެތަށް ބަޔަކު މަރުވާން ދޫކޮށްލަން ޖެހިދާނެ ކަމަށް އެޤައުމުގެ ހޮސްޕިޓަލް ތަކުގެ އޮފިޝަލުން ބުނެފިއެވެ. ހޮސްޕިޓަލްތަކުގެ އޮފިޝަލުން މިހެން ބުނެފައި މިވަނީ އެޤައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ ޢަދަދު މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް މިހާރު ވެފައި ވުމުން ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެފައިވާތީއެވެ. އަންގާރަ ދުވަހު އެމެރިކާ އިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައި […]
ޓްރަމްޕް ބަލި ޤަބޫލު ނުކުރެއްވުމަކީ މާޔޫސް ވެވަޑައިގަންނަވާ ކަމެއް: ބައިޑަން

މިދިޔަ ހަފުތާގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް ބަލި ޤަބޫލު ނުކުރެއްވުމަކީ ވަރަށް ބޮޑަށް މާޔޫސްވެވަޑައިގަންނަވާ ކަމެއް ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. އިންތިޚާބު ކާމިޔާބު ކުރެއްވެވި ޑިމޮކްރެޓިކް ކެންޑިޑޭޓް ބައިޑަން ވިދާޅުވީ ޓްރަމްޕް ކިތަންމެ ވަރަކަށް ހުރަސް އެޅުއްވި ނަމަވެސް ވެރިކަން ބަދަލު ކުރުމުގެ ކަންކަން ނުހުއްޓުވޭނެ ކަމަށެވެ. ޓްރަމްޕް ބަލި ޤަބޫލު ކުރައްވާފާނެ ކަމަށް ލަފާ ކުރެއްވެވޭތޯ ރިޕޯޓަރަކު ކުރި ސުވާލަކަށް […]
ބޭސްފަރުވާ އަށް އައްޑު އަށްދާ މީހުން ތިބުމަށް ތަނެއް ހަދަނީ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބޭސް ފަރުވާ ހޯދުމަށް ދާ ފަރާތްތަށް ތިބުމަށް ޚާއްސްކޮށްގެން އެކޮމޮޑޭޝަން ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. މިމަޝްވަރާ ތަކުގައި ވާހަކަ ދެކެވިފައިވަނީ، އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެނިހެން ހިސާބުތަކުންވެސް ބޭސްފަރުވާ ކުރުމަށްޓަކައި، މީހުން އަންނަ ހޮސްޕިޓަލަކަށް އޭއީއެޗް ހެދުމަށްޓަކައި، ހޮސްޕިޓަލުގެ ކައިރި ޞަރަޙައްދުތަކުގައި އެހެން އަތޮޅުތަކުން އަންނަ ފަރާތްތަކަށް ޚާއްޞަ ކޮށްގެން އެކޮމޮޑޭޝަން ހަމަޖެއްސުމާއި ގުޅޭގޮތުންނެވެ. މި މަޝްވަރާ ކޮށްފައިވަނީ އޭއީއެޗްގެ ސީއީއޯ ޑރ. މުހައްމަދު ޞާލިޙާއި އައްޑޫ […]
ލޮނުޒިޔާރަތް ޕާކު ހުޅުވައިފި

މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި ތަރައްޤީ ކުރި ”ލޮނުޒިޔާރަތް ޕާކު“ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެނެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ތަރައްޤީ ކުރަން ފެށި މި ޕާކު ނުނިމި ލަސްވެގެން ދިޔައީ އެކި އެކި ސަބަބު ތަކާއި ހެދިއެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރ މަސް ތެރޭގައި އެޕާކުގެ މަސައްކަތް ކޮށް ވަނީ ނިންމަލައިފައެވެ. މާލޭ މޭޔަރ ޝިފާ މުޙައްމަދު މީގެ ކުރިން ވިދާޅުވީ އޭރު ޕާކު ނުހުޅުވި ލަސްވީ ކޮވިޑް-19ގެ ޙާލަތާއި ގުޅިގެންނެވެ. ޖުމްހޫރީ ދުވަހާއި ގުޅިގެން އިއްޔެ […]
އެންގޯލާއާއި އެކު ރާއްޖެއިން ޚާރިޖީގުޅުން ގާއިމުކޮށްފި

އެފްރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ އެންގޯލާ އާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފިއެވެ. މިއީ ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކުރި 173 ވަނަ ޤައުމެވެ. ރާއްޖެއާ އެންގޯލާއާއި ޚާރިޖީ ގުޅުން ގާއިމުކުރީ އިއްޔެ، ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި އޮތް ރަސްމިއްޔާތެއްގައެވެ. އެރަސްމއްޔާތުގައި ރާއްޖެއާއި އެންގޯލާއާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރި ކަމުގެ ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވެވީ ރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ. އެންގޯލާގެ ސަރުކާރުގެ ފަރާތުން […]
އަފްޣާނިސްތާނުގައި އަންހެނަކަށް ހަމަލާދީ ލޮލުގެފެނުން ގެއްލުވައިލައިފި

އަފްޣާނިސްތާނުގައި ވަޒީފާއަށް ނުކުތް އަންހެނަކަށް ހަމަލާދީ ލޮލުގެފެނުން ގެއްލުވައިލައިފިއެވެ. ޚަތީރާ ނަމަކަށް ކިޔާ 33 އަހަރުގެ އެ އަންހެން މީހާ މަސައްކަތް ކުރަމުންދިޔައީ އަފްޣާނިސްތާނުގެ ގަޒްނީގެ ފުލުހުންގެ އިދާރާގައެވެ. އޭނާ ވަޒީފާއިން ނުކުތްތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ތިން މީހަކު އައިސް ވަނީ ވަޅިން ލޮލަށް ހަމަލާދީފަ އެވެ. އެ އަންހެން މީހާ ތުހުމަތުކުރާ ގޮތުގައި އޭނާއަށް ހަމަލާ ދިނީ ތަލިބާނުންނެވެ. ނަމަވެސް ތަލިބާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. ޚަތީރާ ބުނާ ގޮތުގައި އޭނާ ވަޒީފާއަދާ […]
ރެސިޑެންޓް ވިސާ އާއިއެކު ޢިނާޔަތް ދޭ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓްރީ ވިދާޅުވެއްޖެ

ރެސިޑެންޓް ވިސާގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ އިނާޔަތްތަކެއް ސަރުކާރުން ދޭނެ ކަމަށް ބުނެ ދައްކަމުން އަންނަނީ ދޮގު ވާޙަކަތަކެއް ކަމަށް އިކޮނަމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެ އެވެ. އިކޮނަމިކް މިނިސްޓްރީ އިން މިހެން ވިދާޅުވީ އެމިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައެވެ. އެނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ އިމިގްރޭޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައި ކޯޕަރޭޓް ރެސިޑެންޓް ވީސާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް ޢާންމުންގެ ތެރޭގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއް ހިއްސާކުރަމުން […]
އެމެރިކާގެ ޢަސްކަރިއްޔާގެ ބައެއް އިސްވެރިން މަޤާމުން ދުރުކޮށްފި

އެމެރިކާ ޢަސްކަރީ ވުޒާރާ ޕެންޓަގަންގެ ވެރިންތަކެއް މަޤާމުން ދުރުކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަފާތެރި ބޭފުޅުންތަކެއް އެމަޤާމުތަކަށް އައްޔަން ކޮށްފިއެވެ. އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ރިޔާސީ އިންތިޚާބުން ބަލިވުމުން ވެސް ނަތީޖާ ގަބޫލު ކުރަން ދެކޮޅު ހަދަމުން ގެންދާ ޑޮނަލްޑް ޓްރަމްޕް ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ މަޤާމުން ދުރުކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް ވަނީ ޕެންޓަގަންގެ އިތުރު ގިނަ މަޤާމުތަކަކަށް ވަނީ ބަދަލު ގެނެސްފައެވެ. ހޯމަ ދުވަހުން ފެށިގެން މިހާތަނަށް ޢަސްކަރީ އަދި […]
އެންމެ އިސްކަމެއް ދެއްވާނީ ދީނީ އެއްބައިވަންތަކަމާއި ޤައުމުގެ މނިވަންކަން ކަށަވަރުކުރުމަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެ

ރައީސްކަމުގައި ހުންނަވާ ހުރިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިޠާބުގައެވެ. މިއަދުގެ މި އުފާވެރި މުނާސަބަތުގައިވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަގީންކަމާއެކު ދަންނަވަން ބޭނުންވާ ދެ ކަމެއް އެބަ އޮތް ކަމަށް ވިދާޅުވެ އެދެކަމަކީ، މަގާމުގައި ހުންނެވިހާ […]