ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ ތަރައްޤީ ކުރަނީ

Loading

Facebook
Twitter
WhatsApp

އަވައްޓެރި އިންޑިއާގެ އެހީތެރި ކަމާއި އެކު ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރ ތަރައްޤީ ކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި މަޝްރޫޢު ކުރިއަށް ގެންދާނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުންނެވެ. މި މަސައްކަތަށް 1،711،434.60ރ. ކަނޑައަޅާފައިވެ އެވެ.

އިންޑިއާގެ އެހީގެ ދަށުން ގެންނަ ބަދަލުތަކުގެ ތެރޭގައި ސޮއިލް އެނަލެސިސް އަދި ޕްލާންޓް ޓިޝޫ ޓެސްޓިން ލެބޮރަޓަރީއެއް ހަދަން ނިންމާފައިވެ އެވެ. އެއާ އެކު ދަނޑުވެރިންނާއި ދިރާސާ އާއި އަދި ތަޢުލީމީ ކަންކަމަށް މި ލެބް ބޭނުންކުރެވޭނެ އެވެ.

މިއީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރެއްވި އެގްރިކަލްޗާ އެމްއޯޔޫ ފްރޭމްވޯކްގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ކަމެކެވެ.

އެޗްއައިސީޑީޕީ 11 މަޝްރޫޢެއް ރާއްޖޭގައި މިވަގުތު ކުރިއަށް އެބަދެއެވެ. އޭގެ ތެރޭގައި އައްޑޫގައި ފިޝް ޕްރޮސެސިން ޕްލާންޓްތަކެއް ހެދުމުގެ އިތުރުން، އީކޯ ޓޫރިޒަމަށް ފަސް ޒޯން ހަމަޖެއްސުން ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް