އެންމެ އިސްކަމެއް ދެއްވާނީ ދީނީ އެއްބައިވަންތަކަމާއި ޤައުމުގެ މނިވަންކަން ކަށަވަރުކުރުމަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

ރައީސްކަމުގައި ހުންނަވާ ހުރިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިޠާބުގައެވެ.

މިއަދުގެ މި އުފާވެރި މުނާސަބަތުގައިވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަގީންކަމާއެކު ދަންނަވަން ބޭނުންވާ ދެ ކަމެއް އެބަ އޮތް ކަމަށް ވިދާޅުވެ އެދެކަމަކީ، މަގާމުގައި ހުންނެވިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނެ ދެ ކަންތައްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެދެކަންތަކަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ފެށުނުއިރު، ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ހައްޤުތަކެއް ހުރީ ހިފެހެއްޓިފައި ކަމަށެވެ. އަދިރައީސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ރައްޔިތުންނަށް އަނބުރާ ހޯދައިދެއްވި އަސާސީ ހައްޤުތަކަކީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ މިނިވަންކަން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

 

މިއަދުގެ ޙިޠާބުގައި ޤައުމާއި މުޙާޠަބު ކުރައްވަމުން ވިދާޅުވީ ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ހައްޤުތަކެއް ކަމަށް ޤަބޫލު ކުރައްވާކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ޤައުމުގެ މިސްރާބު ކޮންމެ ގޮތަކަށްވެސް ބަދަލުކޮށްލެވިދާނެ ފަދަ ބާރެއް ކަމަށާއި
އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ހަގީޤަތް ހާމަކުރުމަށް އިސްކަން ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިއަދުގެ ޙިޠާބުގައި ވަރަށް ގިނަ ދާއިރާތަކަށް އަލި އަޅުއްވައި ލައްވައި ވާހަކަ ފުޅު ދެއްކެވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް