އެމެރިކާއިން އެތަށް ބަޔަކު މަރުވާން ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެފި

Loading

Facebook
Twitter
WhatsApp
Medical workers at Kaiser Permanente French Campus test a patient for the novel coronavirus, COVID-19, at a drive-thru testing facility in San Francisco, California on March 12, 2020. - Between 70 to 150 million people in the United States could eventually be infected with the novel coronavirus, according to a projection shared with Congress, a lawmaker said March 12, 2020. (Photo by Josh Edelson / AFP) (Photo by JOSH EDELSON/AFP via Getty Images)

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އާދަޔާއި ހިލާފަށް އިތުރުވަމުން ދާތީ އެތަށް ބަޔަކު މަރުވާން ދޫކޮށްލަން ޖެހިދާނެ ކަމަށް އެޤައުމުގެ ހޮސްޕިޓަލް ތަކުގެ އޮފިޝަލުން ބުނެފިއެވެ.

ހޮސްޕިޓަލްތަކުގެ އޮފިޝަލުން މިހެން ބުނެފައި މިވަނީ އެޤައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ ޢަދަދު މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް މިހާރު ވެފައި ވުމުން ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެފައިވާތީއެވެ.

އަންގާރަ ދުވަހު އެމެރިކާ އިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައި ވާއިރު ބުދަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކުރި ކޮވިޑް-19 ބަލި މީހުންގެ އަދަދު ވަނީ ރެކޯޑް އަދަދަކަށް އަރާފައެވެ. އަންގާރަ ދުވަހު އެމެރިކާގެ އެކި ސަރަހައްދުތަކުން 65368 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެގެން އިތުރު ފަރުވާ އަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

މީގެ ކުރިން އެންމެ ބޮޑަށް ހާލަތު ގޯސްވި އެމެރިކާގެ ސްޓޭޓް ކަމަށްވާ ނިއުޔޯކްގައި މިހާރު ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށަފައެވެ. އެގޮތުން ރޭގަނޑު 22:00 އިން ފެށިގެން ބާތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތައް ބަންދު ކުރަން ނިއުޔޯކްގެ މޭޔަރު މިހާރު ވަނީ ނިންމާފައެވެ.

ޓެކްސަސް އިން ވެސް ބުނީ އެ ސްޓޭޓުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކުގެ ޖާގަތައް މިހާރު ގާތްގަނޑަކަށް އެއްކޮށް ފުރިފައިވާ ކަމަށެވެ. އެހެންކަމުން ދެން އަދަދުތައް މައްޗަށް ދާނަމަ ގިނަ ބަޔަކަށް ފަރުވާ ނުދެވި މަރުވާން ދޫކޮށްލަން ޖެހިދާނެ ކަމަށް ޓެކްސަސްގެ އޮފިޝަލުން ވެސް ވިދާޅުވެއެވެ. ޓެކްސަސްގައި މިހާރު ސިފައިން ވަނީ ކޮވިޑް-19 ނޫން ބަލިތަކުގެ މީހުންނަށް ފަރުވާ ދިނުމަށް ސެންޓަރުތަކެއް ވެސް ގާއިމު ކޮށްފައެވެ.

އެމެރިކާ އިން ބުނާ ގޮތުގައި އެމެރިކާގެ ހާލަތު ދެން ރަނގަޅު ކުރެވެން އޮތީ ކޮވިޑް-19 އަށް ވެކްސިނެއް ލިބިގެންނެވެ. އެމެރިކާގެ ބައޯއެންޓެކް އާއި ޖަރުމަންވިލާތުގެ ފައިޒާ ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިން ކާމިޔާބު ކަމަށް މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކައެވެ. ނަމަވެސް ވެކްސިން އާއްމުކޮށް މީހުންގެ ގަޔަށް ޖަހަން ފެށޭނެ ދުވަހެއް ނޭނގެއެވެ.

ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ވެކްސިނެއް ލިބި އެމެރިކާގެ ހާލަތު ރަނގަޅު ވުމުގެ އުއްމީދެއް އޮތީ އަންނަ އަހަރުގެ ޖަނަވަރީގެ ވެސް ފަހުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް