ސުކޫކު އިޝޫކުރުމަށް ދަރުމަވަންތަ ބޭނުންކުރުމަކީ ޖަރީމާއެއްކަމަށް ޑރ ޖަމީލް ވިދާޅުވެއްޖެ

ސުކޫކު އިޝޫކުރުމަށް ދަރުމަވަންތަ ބޭނުންކުރުމަކީ ޖަރީމާއެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ ޖަމީލް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ އެންމެ ފުރަތަމަ ނައިބ ރައީސް ޑރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ އެސެޓް ބޭސްޑް ފައިނޭންޝަން އިންސްޓްރޫމެންޓެއް އިޝޫ ކުރަން އުޅޭތީ، މިހާރު ސޮވެރިން ގެރެންޓީވެސް ގަބޫލު ނުކުރާ ހިސާބަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދިޔައީތޯ ސުވާލު އުފައްދަވައިފަ އެވެ. ޖަމީލް ވިދާޅުވީ ”ދަރުމަވަންތަ ވިއްކަނީ“ ރާއްޖެ ހަގީގަތުގައިވެސް ބޭންކްރަޕްޓު ވީމާ ކަމަށެވެ. އަދި އެކަން އޮޅުވާ […]

މޮޑާނާގެ ވެކްސިން 95އިންސައްތަ ކާމިޔާބު ކަމަށް ބުނެފި

އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ކޮވިޑް-19 އިން ދިފާޢުވާ ވެކްސިން، 95 އިންސައްތަ ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެފި އެވެ. މޮޑާނާގެ ވެކްސިން ކާމިޔާބު ކަމަށް ހާމަކުރި އިރު، އެމެރިކާގެ އެހެން ކުންފުންޏެއް ކަމަށްވާ ފައިޒާ ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ 90 އިންސައްތަ ކާމިޔާބު ކަމަށް ވަނީ ބުނެފަ އެވެ.. މޮޑާނާ އިން ބުނީ މިއީ މުހިންމު ދުވަހެއް ކަމަށާއި ވެކްސިނަށް ހުއްދަ ހޯދުމަށް ކުރިއަށް އޮތް ހަފުތާތަކުގައި ހުށަހަޅާނެ ކަމަށެވެ. މޮޑާނާގެ […]

ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަޞްދަރަކީ އިސްލާމްދީން ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެ

މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ މިއަދު މުނާސަބު ކުރަމުން މިދާ، ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން އެމަނިކުފާނު ކުރެއްވެވި ޓްވީޓެއްގައެވެ. މިޓްވީޓްގައި ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ. އިސްލާމްދީނުގެ ނޫރު އަބަދަށް މެ މި ފަސްގަނޑުގައި ދެމެހެއްޓުމަށް އެދި މިޓްވީޓުގައި ދުޢާ ކުރައްވާފައިވެސް ވެއެވެ. ”މި ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ […]

ރައީސް ޞާލިޙްގެ ހޯރަފުށީ ދަތުރުފުޅު މާދަމާ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހއ ހޯރަފުއްޓަށް މާދަމާ ދަތުރުފުޅެއް ކުރައްވަން ހަމަޖައްސަވައިފިއެވެ. މިދަތުރު ފުޅަކީ މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓު ހުޅުވައި ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅު ފުރަތަމަ ކުރައްވަން ހަމަޖެހިފައިއޮތީ މިއަދު ކަމަށް ވިޔަސް މިދަތުރުފުޅު މިވަނީ މާދަމައަށް ފަސްކުރައްވައިފައެވެ.   ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސްގެ ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. މިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހޫދު ވިދާޅުވީ މޫސުމާ ބެހޭ އިދާރާ […]

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް ދައުލަތަށް ބޮޑު ލޯނެއްނަގަނީ

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް ސަރުކާރުން ބޮޑު ލޯނެއް ނެގުމަށް ނިންމައިފިއެވެ. ސަރުކާރުން 2021 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ގޮތުން ބޭރަށް ވިއްކުމަށް ނިންމާފައިވާ ޞުކޫކު ވިއްކުމަށްޓަކަށް ރަހުނަކަށް ދަރުވަމަވަންތަ ހޮސްޕިޓަލު ހަމަޖެއްސުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވާފައިވާ ސިޓީއެއް ކަމަށް ބުނާ ސިޓީއެއް ދަނީ ދައިރުވަމުންނެވެ. ފިނޭންސް މިނިސްޓަރއަމީރުގެ މިސިޓީގައި ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓަށް 300 މިލިއަން ޑޮލަރު ހޯދުމަށް އިސްލާމިކް ކޯޕަރޭޝަން ފޯ […]

ފޮރިން މިނިސްޓަރ ޝާހިދު އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގެ ސަފީރުންނާއި ބައްދަލު ކުރައްވައިފި

އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މޮރޮކޯ، މިޞްރު، ރިޕަބްލިކް އޮފް ގިނީ، ދަ ގެމަބިއާ އަދި ސެނެގާލްއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ އެންމެ އިސްވެރިންގެ އިތުރުން ޓިއުނީޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ޑިޕްލޮމެޓިކް މިޝަން ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުއާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް […]

ޔޫއޭއީގައި ކޮވިޑަށް ފަރުވާ ކުރާ ޑޮކްޓަރުންނަށް 10އަހަރުގެ ވިސާ ދެނީ

ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގައި މަސައްކަތްކުރާ، ކޮވިޑް-19އަށް ފަރުވާ ކުރާ ހުރިހާ ޑޮކްޓަރުންނަށް 10އަހަރުގެ ރސިޑެންސް ވިސާ ދިނުމަށް ނިންމައިފިއެވެ. އަދި މިއާއި އެކު ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ޚާއްސަ ތަޖްރިބާކާރުންނަށްވެސް 10 އަހަރުގެ ރެސިޑެންސް ވިސާ ދޭން ވަނީ ނިންމައިފައެވެ. ގަލްފުގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ޔޫއޭއީގައި ދިރިއުޅޭ ބިދޭސީންނަށް ވެސް އާއްމު ގޮތެއްގައި ދެނީ އެ މީހެއްގެ ވަޒީފާއާ ގުޅޭ ގޮތުން ކުރު މުއްދަތުގެ ވިސާއެކެވެ. ދިގު މުއްދަތުގެ ވިސާ ހޯދުމަކީ ފަސޭހަ ކަމެއް […]

ކުރީގެ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް ބުދަދުވަހަށް ތާވަލު ކޮށްފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މައްޗަށް އައު ދަޢުވާތަކެއް ކުރުމަށް ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ. މަނީ ލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ އައު ދަޢުވާތަކަކީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދަޢުވާއެވެ. ބުދަދުވަހުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ 13:30 ގައި ފަށާގޮތަށެވެ. އެ މައްސަލައާއި ގުޅިގެން ދެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދާނީ ދަޢުވާ އުފުލުމަށްފަހު ދަޢުވާ […]

ހޯރަފުށީ އެއާޕޯޓަށް ޓެސްޓްފްލައިޓް ޖައްސައިފި

ހއ. ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ. ހޯރަފުށީ އެއާޕޯޓަށް އެންމެ ފުރަތަމަ ޖެއްސީ ދިވެހި ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު މާދަމާ އެ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށްޓަކައި ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. އެއާޕޯޓު ހުޅުވާތާ ހަފުތާއެއް ތެރޭގައި ޝެޑިއުލް ދަތުރުތައް ފެށޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ މީގެ […]

މެމްބަރު ޔައުޤޫބުގެ ގޮނޑިކޮޅު ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. ޔައުޤޫބުގެ ގޮނޑިއާ މެދު ސުވާލު އުފެއްދުނީ، ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުރެ ޗާޓާޑް އެކައުންޓެންޓްސް ޤާނޫނުގެ ދަށުން އުފެއްދި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލުގެ މެމްބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމުންނެވެ. އެ މަގާމަކީ ދައުލަތުގެ މުއައްސަސާއެއްގެ މުސްތަގިއްލު މަގާމެއް ކަމަށް ބުނެ، އެ މަގާމާ ހަވާލުވުވަޑައިގަތުމަކީ ޔައުޤޫބުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ބުނެ ސުޕްރީމް […]