ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަޞްދަރަކީ އިސްލާމްދީން ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ މިއަދު މުނާސަބު ކުރަމުން މިދާ،

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން އެމަނިކުފާނު ކުރެއްވެވި ޓްވީޓެއްގައެވެ.

މިޓްވީޓްގައި ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ. އިސްލާމްދީނުގެ ނޫރު އަބަދަށް މެ މި ފަސްގަނޑުގައި ދެމެހެއްޓުމަށް އެދި މިޓްވީޓުގައި ދުޢާ ކުރައްވާފައިވެސް ވެއެވެ.

”މި ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން. މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓަވާށި. އާމީން،“ ރައީސްގެ ޓްވީޓުގައި ވެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހު އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް