އެމްޓީސީގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފި

  އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ޖޫންމަހަށް ފަސްކޮށްފި އެވެ. އެމްޓީސީސީއިން މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މިއަދެވެ. އެމްޓީސީސީން ނެރުނު އިއުލާނެއްގައި ބުނީ މި ޖަލްސާ ފަސްކުރީ އެކުންފުނީގެ މި އަހަރުގެ ހާއްސަގޮތުން ކުރާ އާމުން ޖަލްސާ މި މަހު 16 ގައި ބާއްވަން ޖެހުމާގުޅިގެން ކަމަށެވެ. އެކުންފުނިން ބުނީ މި ގޮތަށް ނިންމީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ އާ ވެސް އެކުގައި ކަމަށެވެ. […]

އަތޮޅުތަކުގެ މީރާ ސެންޓަރުތަކުން ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލައިފި

    އަތޮޅުތަކުގައި ހުރި މީރާގެ ކަލެކްޝަން ސެންޓަރުތަކުން މިއަދުން ފެށިގެން ވަގުތީގޮތުން ނަގުދު ފައިސާ ބަލައިގަތުން މެދުކަނޑާލައިފިއެވެ. މީރާއިން ބުނީ ނަގުދުފައިސާ ބަލައިގަތުން މެދުކަނޑާލީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށްކަމަށެވެ. ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުތަކާ ގުޅިގެން މީރާއިން ހިދުމަތް ދެމުންގެންދާ ގޮތްތައްކަށް އަންނަނީ ބަދަލުގެންނަމުންނެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް މީރާގެ އަތޮޅުތަކުގެ އޮފީސްތަކުން ނަގުދު ފައިސާއާއި ޗެކު […]

މަސްދަރެއްގެ މައްސަލަ ބެލުމަކީ ކުރެވޭނެކަމެއްނޫން: އެމްޖޭއޭ

ނޫސްވެރިޔަކު ބޭނުންކުރި މަސްދަރެއްގެ މައްސަލަ ބެލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނުދެކޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ. އެމްޖޭއިން މިހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ”މިހާރު“ ނޫހުގައި ލިޔެފައިވާ ރިޕޯޓެއްގައި ހިމަނާފައިވާ މައުލޫމާތާ ގުޅިގެން އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ބަލާނެ ކަމަށް ބުނެފައިވާތީ އެކަމާ ގުޅިގެން […]

އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރަން އުޅޭތީ ދުންޔާ ކަންބޮޑުވުން ފާޅުކޮށްފި

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމަށް އިންޑިއާއިން ނިންމުމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. ދުންޔާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރާއްޖޭގައި ގައުމެއްގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރާނަމަ އެކަން ހާމަކުރަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން ރައްޔިތުންނާ ހިއްސާކުރުމުގެ ކުރީން އިންޑިއާއިން އެފަދަ މައުލޫމާތެއް އާންމު ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ. އިންޑިއާގެ ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް […]

މީރާއަށް ދައްކަންޖެހޭ ޓެކްސް އާއި ފީ ދެއްކުން ފަސްކޮށްދީފި

މޯލްޑިވްސް އައިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާއި ފީތައް ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދީފި އެވެ. މީރާ އިން ބުނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އަޅާފައިވާ މި މުއްދަތުގައި ޓެކްހާއި އެހެނިހެން ފީތައް ދައްކަންޖެހޭ ސުންގަޑި އަންނަ މަހުގެ 10 އަށް ފަސްކޮށް ދީފައިވާ ކަމަށެވެ. ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ މުއްދަތު އަންނަ މަހުގެ އަށް ވަނަ ދުވަހުގެ […]

މާލޭ މަގުމަތިން ގަދަކަމުން އަންހެނަކު ދަމާފަ ގެންދިޔަ މީހުންގެ މަށްޗަށް ދައުވާއުފުލައިފި

      މާލޭގެ މަގުމަތިން އަންހެނަކު ގަދަކަމުން ގެންގޮސް ގޯޅިގަޑެއްގެ ތެރެއަށް ވެއްދި މައްސަލައިގައި ތުހުމަތުވާ ދެ މީހުންގެ މަށްޗަށް ދައުވާކޮށްފި އެވެ. އެ ދެ މީހުން ހައްޔަރުކުރީ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކު ހުއްޓުވައި، އޭނާގެ ނުރުހުމުގައި ގަދަކަމުން ކޮޓަރިއަކަށް ވައްދާ ރޭޕް ކުރަން އުޅުމުގެ ތުހުމަތުގައި މިދިޔަ އޭފްރީލް 16 ވަނަދުވަހުގައެވެ. މާފަންނު އީދު މިސްކިތް ކައިރީ ހިނގި މިހާދިސާއާއި ގުޅިގެން ދައުވާކުރަނީ ހދ. ވައިކަރަދޫ މިލާފަރު، އަލީ ރަޝީދު 23، އާއި […]

ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަންފަށައިފި

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނަ ބަލިމީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މެޑިކަލް ފެސިލިޓީގައި އޮތް މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ. ވީޑިއޯއަކުން ފެންނަނީ ބަލި މީހާކައިރީ ހުރި ޒުވާން ފިރިހެނަކު ބަލި މީހާއާ ދިމާއަށް ނުރުހިފަ ބަސްތަކެއް ބުނުމަށްފަހު ބަލިމީހާގެ މޫނުމަތީގައި ޖަހިތަނެވެ. އަދި ޖެހުމާ އެކު ބަލި މީހާ ބާރަށް ރޯ އަޑުވެސް ވީޑިއޯ އިން އިވެ އެވެ. މި […]

ފްލެޓްތައް ނިންމަން ފެންޝަން ފައިސާ ދޫކުރުމަށް މުއިއްޒު ގޮވާލައިފި

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ޕެންޝަން ފައިސާ ދޫކުރުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. މުއިއްޒު މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓްގައި މުއިއްޒު ވިދާޅުވީ ރައްޔިތުން ކުރަންޖެހޭ ހަރަދަށް ލުއި ދިނުމުގެ ގޮތުން  ޕެންޝަން ފަންޑުން ފްލެޓްތައް ނިންމަން ފައިސާ ދޫކުރުމަށެވެ. “ ހިޔާ ފްލެޓް ތަކުގެ ފިނިޝިންއަށް ރައްޔިތުންގެ އަތުން ކުރަންޖެހޭ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން އެ ރައްޔިތެއްގެ ޕެންޝަން ފަންޑުގެ ފައިސާ […]

ކޮންސްޓަރަކްޝަން މަަސައްކަތްކުރުމުގެ ހުއްދަދިނުން މެދުކަނޑާލައިފި

  މާލޭ ސިޓީގައި ކޮންސްޓްރަކްޝަން ހުއްދަ ދިނުުން މެދުކަނޑާލައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދުން ފެށިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެން މާލެ ސިޓީގައި ކޮންސްޓްރަކްޝަން އަދި އެހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުން މިއަދުން ފެށިގެން ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. ކައުންސިލުން ބުނީ ކޮންސްޓަކްޝަނަށް ހުއްދަދޫކުރުން މެދުކަނޑާލައިފައިވީ ނަމަވެސް ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ […]

އަމާނާ ތަކާފުލް އިން އަހަރުގެ ފައިދާއިން ހިއްސާ ބަހަން ނިންމައިފި

      އަމާނާ ތަކާފުލްގެ މިދިއަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 15 ޕަސެންޓް ބަހަން ނިންމައިފިއެވެ. އެ ކުންފުނިން ހިއްސާ ބަހަން ނިންމީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އިއްޔެއެވެ. އަމާނާ ތަކާފުލް އިން ބުނީ ބަހަންނިންމީ މިދަޔަ ނޮވެމްބަރު މަހުގެ އިންޓެރިމް ފައިދާގެ ގޮތުގައި ދޫކޮށްފައިވާ  7.5 ޕަސެންޓާ އެކު މިދިޔަ އަހަރު  ޖުމްލަ ފައިދާގެ ގޮތުގައި 15 ޕަސެންޓާ އެކުއެވެ. އަމާނަ ތަކާފުލްއަށް މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 23 […]