ފްލެޓްތައް ނިންމަން ފެންޝަން ފައިސާ ދޫކުރުމަށް މުއިއްޒު ގޮވާލައިފި

Loading

Facebook
Twitter
WhatsApp

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ޕެންޝަން ފައިސާ ދޫކުރުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މުއިއްޒު މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓްގައި މުއިއްޒު ވިދާޅުވީ ރައްޔިތުން ކުރަންޖެހޭ ހަރަދަށް ލުއި ދިނުމުގެ ގޮތުން  ޕެންޝަން ފަންޑުން ފްލެޓްތައް ނިންމަން ފައިސާ ދޫކުރުމަށެވެ.

“ ހިޔާ ފްލެޓް ތަކުގެ ފިނިޝިންއަށް ރައްޔިތުންގެ އަތުން ކުރަންޖެހޭ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން އެ ރައްޔިތެއްގެ ޕެންޝަން ފަންޑުގެ ފައިސާ އެކަމަށް ބޭނުންކުރުމުގެ އިޚްތިޔާރު އެރަށްޔިތަކަށް ހައްދަވައި ދެއްވުމަކީ މުހިންމުކަމެއް ކަމުގައި ދެކެން“ ޕެންޝަން އޮފީހާއި  އެޗްޑީސީ ޓެގްކުރައްވައި މުއިއްޒު ކޮށްފައިވާޓްވީގައި ވެއެވެ.

ހިޔާ ޕްލެޓްތަކުގެ ކުއްޔަކީ 7500 ރުފިޔާ އެވެ. ސަރުކާރުން ނިންމާފައި ވަނީ ހިޔާ ފްލެޓުތަކުގައި ތަށިމުށި ޖެހުމާއި، ދޮރުތައް ހަރު ކުރުމާއި، ފަންކާ އާއި ބޮކި ފަދަ ތަކެތި ހަރުކުރުމުގެ މަސައްކަތް ކުރަންޖެހެނީ ފްލެޓް ލިބޭ މީހުން އަމިއްލަ އަށެވެ.
ފްލެޓް ލިބޭ މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ނިމުމުން އެމީހުން އެތަންތަނަށް ދިރިއުޅުން ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ސަރުކާރުން  ވަނީ ނިންމާފަ އެވެ. އަދި އެ މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމާ އެކު ކޮންމެ މީހަކާ އެކު އެޗްޑީސީން އެއްބަސްވުމެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް