ކޮންސްޓަރަކްޝަން މަަސައްކަތްކުރުމުގެ ހުއްދަދިނުން މެދުކަނޑާލައިފި

Loading

Facebook
Twitter
WhatsApp

 

މާލޭ ސިޓީގައި ކޮންސްޓްރަކްޝަން ހުއްދަ ދިނުުން މެދުކަނޑާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދުން ފެށިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެން މާލެ ސިޓީގައި ކޮންސްޓްރަކްޝަން އަދި އެހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުން މިއަދުން ފެށިގެން ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ކޮންސްޓަކްޝަނަށް ހުއްދަދޫކުރުން މެދުކަނޑާލައިފައިވީ ނަމަވެސް ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ސައިޓްތައް އަދި ސްލެބް އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށް ފަހު ގެއްލުމެއް ލިބިދާނެ ފަދަ ހާލަތެއްގައި ހުންނަ ސައިޓެއް ނަމަ، ހާއްސަ ހުއްދައެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް މާލޭ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

އެގޮތުން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގައި، ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރަށް ނިކުތުން ވަނީ މަނާކޮށްފަ އެވެ. ބޭރަށް ނިކުތުމަށް ފުލުހުންް ހުއްދަ ދޫކުރަނީ ކޮންމެ ގޭބީސީއަކަށް ދެ ހުއްދަ އެވެ.

ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކޮންމެހެން ވަޒީފާތަކަށް ނުކުންޖެހޭ ފަރާތްތަކަށް ހާއްސަ ހުއްދައެއްގެ ދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް