ނޫމަޑީގެ މައްސަލައިގައި މުއިއްޒު ހައިކޯޓަށް
ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދިން ކަމުގެ ދައުވާ އުފުލާފައިވާ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައިކޯޓަށް މައްސަލަ އިސްތިއުނާފަކޮށްފިއެވެ. ދޮގު ބަޔާން ދިން ކަމުގެ ދައުވާ މުއިއްޒުގެ މައްޗަށް ކުރަނީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލައިގައި ނެދަލޭންޑްސްގައި ހުންނަ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ. މި މައްސަލަ ހައިކޯޓުގައި […]
ނަފްސާނީ ބައްޔަށް ފަރުވާދޭ ސެންޓަރެއް ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފި
ހުޅުމާލޭ ހޮސްޕިޓަލްގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ހާއްސަ ސެންޓަރެއް ހުޅުވައިފިއެވެ. ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ. އިންޑިއާގެ ކަޑަބަމް ގްރޫޕާ ގުޅިގެން ހެދި މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވީ ނަފްސާނީ ބައްޔަށް ވަށައިޖެހޭ ފަރުވާއެއް ފޯރުކޮށްދެވޭނީ ހޮސްޕިޓަލްގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުންވެސް އެއީ ނަފްސާނީ ބަލީގެ މީހުންނަށް އޯގާތެރިވާ އަޅާލާ […]
ރީ ބްރޯޑްކާސްޓް ހިދުމަތްދޭ ފަރާތްތަކަށް ތަފާތުކުނުކުރަން މަޖިލީހަށް ގަރާރެއް
ރީ ބްރޯޑްކާސްޓިން ހިދުމަތްދޭ ފަރާތްތަކަށް އިންސާފުވެރިކަމާއި ވާދަވެރިކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ. ގަރާރުގައި ބުނެފައިވަނީ ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލާ، ހިލާފު ގަވާއިދެއް ކަމަށެވެ. އެހެންކަމުން ބްރޯޑްކާސްޓުކުރުމުގެ ވިޔަފާރި މޮނޮޕޮލައިޒް ކުރުމުގެ ފުރުސަތު ނުދިނުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ. ގަރާރުގައި ބުނެފައިވާގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން […]
މިނިކާ ބާޒުތަކާމެދު ޕީޕީ އެމް މެމްބަރުން ވިސްނަންޖެހޭ: ޝަހީމް
ރައީސް އަބްދުއްލާ ޔާމިންގެ ވެރިކަން ބަދަލުކުރުމަށް ބައިވެރިވި ފަރާތްތަކަކީ މިނިކާ ބާޒުތަކެއްކަން ސިފަކުރައްވައި އެ ފަރާތްތަކާމެދު ޕީޕީއެމް މެމްބަރުން ވަރަށް ވިންނަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ނުކުމެވަޑައިގެންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިކާބާޒުތަކާމެދު ޕީޕީއެމްގެ މެންބަރުން ވަރަށް ބޮޑަށް ފަރުވާތެރިވެ ވިސްނަންޖެހޭ ކަމަށާ އެބޭފުޅުން ތިއްބެވީ ހޭލާ ކަމަށެވެ. “ […]
ޑޮލަރު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްލައެއްގައި މީހަކު ހޯދަނީ
ޑޮލަރު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްލައެއްގައި ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާ މީހެއްގެ ވަނަވަރު އާންމުކޮށްފިއެވެ. ފުލުހުން އާންމުކޮށްފައިވަނީ ކ. ގުރައިދޫ / ވިނަރެސް، އިހުސާން އަބްދުއްސަމަދު (29އ)އެވެ. ފުލުހުން ބުނީ އިހުސާން ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވަނީ ކުޅުދުއްފުށި ސިޓީ ޕޮލިސް އިން ތަހުގީގު ކުރަމުންދާ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ހހާޒިރުކުރުމަށް ބޭނުންވާ މީހެއް ކަމަށެވެ. ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން […]
އިންޑިއާ ނޭވީ އާއި ގުޅިގެން ލ އަތޮޅުގައި ބޭއްވި ތަމްރީން ނިންމާލައިފި
ރާއްޖޭގެ ސިފައިން އިންޑިއާގެ ނޭވީ އާއި ގުޅިގެން ލ. އަތޮޅުގައި ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. އެމްއެންޑިއެފްން ބުނީ ”އެކްސަސައިޒް އެކަތަ 2022“ ނަމުގައި މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި މި ޕްރޮގްރާމުގައި އެމްއެންޑީއެފްގެ މެރިން ކޯ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ 30 މެރީންސް އާއި އިންޑިއަން ނޭވީގެ 10 މެރިން ކޮމާންޑޯސް ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފްން ބުނެއެވެ. މި އެކްސަސައިޒް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ […]
ވެކްސިންއާ ގުޅޭ ހުރިހާ މައުލޫމާތު ޑިޖިޓަލް ކޮށް އެއްތަނަކުން ފެންނަގޮތް ހަދައިފި
ރާއްޖޭގެ ގައުމީ ވެކްސިން ނިޒާމު ޑިޖިޓަލައިޒްކޮށް ވެކްސިންއާއި ގުޅޭ ހުރިހާ މައުލޫމާތެއް ރަށްކާކުރުމަށް އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީއެއް އެކުލަވައިލާއި ވެކްސިނާއި ބެހޭ ހުރިހާ މައުލޫމާތެއް އެއްތަނަކުން ފެންނަން ހުންނާނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ހެލްތު މިނިސްޓްރީން ބުނީ މި ނިޒާމާއެކު ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތުކުދިންނަށް ދޭ ވެކްސިނޭޝަން މައުލޫމާތުތައް އެ ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކާތެރިކޮށް، އެކްސެސްވެ، ބެލެހެއްޓިގެން ދާނެކަމަށެވެ. މިނިސްޓްރީން ބުނީ މި މަސައްކަތް ކާމިޔާބުކުރުމަށް ކުރި މަސައްކަތުގައި ހަތް މަސްދުވަހުގެ ތެރޭގައި 7000 އަށްވުރެ […]
ރައީސް ސާލިހު މާދަމާ ބަހުރެއިނަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މާދަމާ ބަހުރައިނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ހާމަކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއްވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ބަހުރެއިނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށާ މިދަތުރު ނިންމާލައްވާފައި އެނބުރިވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. https://twitter.com/MvSpokesperson/status/1577178774319566848?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1577178774319566848%7Ctwgr%5E968ac9772f713ccf7feb9628957290c34a2d2fa9%7Ctwcon%5Es1_&ref_url=https%3A%2F%2Fras.mv%2Fpost%2F27273 ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ބަހުރައިނުގެ ރަސްގެފާނުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް މިއްވާން ވިދާޅުވިއެވެ. ރައީށް ސާލިހު މިދުވަސްވަރު ގިނަ ދަތުރުތަކެއް އަތޮޅު ތަކަށް ކުރައްވަމުން […]
މާލީ އެހީ ޕްރްގްރާމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީވުމަށް ކުރިއަށް ގެންދާ މާލީ އެހީގެ ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެހީގެ މި ޕްރޮގްރާމަކީ ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރު ކުރި އަމިއްލަ ފަރާތްތަކަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑްބޭންކް ގުޅިގެން ”ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް“ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެހީ ޕްރޮގްރާމްގެ ދަށުން އަށް ދާއިރާއަކުން 60،000ރ. އާ ހަމައަށްވާ […]
އިންޑިއާއިން ކަރެކްޝަނަށް ލޯންޏެއް
އިންޑިއާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ގަތް ލޯންޗެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ހަވާލުކޮށްފިއެވެ. މި އުޅަނދު ކަރެކްޝަނަލް ސަރވިސް އާ ހަވާލުކޮށްފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތްރާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި ލޯންޗްގެ ރަމްޒީ ޓޯކަން އިންޑިއާ ސަރުކާރުގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. އަދި ކަރެކްޝަންގެ ފަރާތުން ޓޯކަންއާއި ހަވާލުވެވަޑައިގަތީ، […]