އިންޑިއާއިން ކަރެކްޝަނަށް ލޯންޏެއް  

Loading

Facebook
Twitter
WhatsApp

އިންޑިއާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ގަތް ލޯންޗެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ހަވާލުކޮށްފިއެވެ.

މި އުޅަނދު ކަރެކްޝަނަލް ސަރވިސް އާ ހަވާލުކޮށްފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތްރާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން  ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މި ލޯންޗްގެ ރަމްޒީ ޓޯކަން އިންޑިއާ ސަރުކާރުގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. އަދި ކަރެކްޝަންގެ ފަރާތުން ޓޯކަންއާއި ހަވާލުވެވަޑައިގަތީ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ލޯންޗަކީ 30 މީހުންގެ ޖާގައިގެ ލޯންޗެއް ކަމަށެއް ކަމަށެވެ.

އެ މިނިސްޓްރީން ހާމަކުރި ގޮތުގައި މި ލޯންޗަކީ އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު 2019 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާ އަށް އެހީވުމުގެ ގޮތުން ދިން 106 މިލިއަން ރުފިޔާގެ ފައިސާގެ އެހީގެ ދަށުން ދިން ލޯންޗެކެވެ.  

އެ އެހީގެ ދަށުން މީގެ ކުރިން ވެސް ވަނީ ކަރެކްޝަންސް އަށް ހަތަރު ވޭނާއި ކާރެއް ހަދިޔާކޮށްފައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

.މޯލްޑިވްސް ކަރެކްޝަން އަކީ ކޮންމެ ދުވަހަކުވެސް ގައިދީން ގޮވައިގެން ދަތުރުކުރަން ޖެހޭ ބަޔެކެވެ. އެ ގޮތުން ގައިދީން ކޯޓަށް ގެންދިއުމަށާއި ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ދަތުރުތައް ކަރެކްޝަން ސާވިސްއިން ކޮންމެ ދުވަހަކުވެސް ކުރަމުން ދެއެވެ.

Loading

One Response

  1. ސާބެހޭ އިންޑިއާ. ސިންދު ޕްރޮވިންސައްވުރެ އިންޑިއާގެ ރާއްޖޭގެ ބަޖެޓް ބޮޑުކޮށްލައިގެންވެސް 2023 ކާމިޔާ ކުރައްވަން ޖެހޭނެއެވެ. އެނޫނި 1 ފެބރުއަރީގައި އަލުން މައްސަލަބަލަން ދޫކޮށްލާފައިތިބި ކްރިމިނަލް އެންމެގެ މައްސަލަ ޙުކުނުގައި އެބުނެފާވާފަދައިން ޔާމީނު ބަލާނެއެވެ. އެވެސް މަރު މިވެސް މަރު ގެ ހާލަތެވެ. އަދި އިންޑިއާގެ އެޖެންޓުން އިލެކްޝަން ވަގަށް ނަގަން ވެދިން އެނހީވެސް ނަޝީދު ބުނެދޭން ސުވާލު އަންނާނެ ކަމަށް ފެނެއެވެ. ވަރަށް ސިރިއަސް ދޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް