ރައީސް ސާލިހު މާދަމާ ބަހުރެއިނަށް ވަޑައިގަންނަވަނީ

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މާދަމާ ބަހުރައިނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއްވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ބަހުރެއިނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށާ މިދަތުރު ނިންމާލައްވާފައި އެނބުރިވަޑައިގަންނަވަން ހަމަޖެހިފައިވަނީ  އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

https://twitter.com/MvSpokesperson/status/1577178774319566848?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1577178774319566848%7Ctwgr%5E968ac9772f713ccf7feb9628957290c34a2d2fa9%7Ctwcon%5Es1_&ref_url=https%3A%2F%2Fras.mv%2Fpost%2F27273

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ބަހުރައިނުގެ ރަސްގެފާނުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް މިއްވާން ވިދާޅުވިއެވެ.

ރައީށް ސާލިހު މިދުވަސްވަރު ގިނަ ދަތުރުތަކެއް އަތޮޅު ތަކަށް ކުރައްވަމުން ގެންދަވާއިރު އެންމެ ފަހުން ގައުމުން ބޭރަށް ވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ ރާނީ އެލިޒެބެތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށެވެ. އޭގެ ފަހުން ގިނަ ދަތުރުތަކެއް އަތޮޅުތެރޭ ރަށްތަކަށް ވަނީ ކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް