މާލީ އެހީ ޕްރްގްރާމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީވުމަށް ކުރިއަށް ގެންދާ މާލީ އެހީގެ ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެހީގެ މި ޕްރޮގްރާމަކީ ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރު ކުރި އަމިއްލަ ފަރާތްތަކަށް މާލީ އެހީ  ތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑްބޭންކް ގުޅިގެން ”ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް“ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެހީ ޕްރޮގްރާމްގެ ދަށުން އަށް ދާއިރާއަކުން 60،000ރ. އާ ހަމައަށްވާ ފައިސާގެ އަދަދެއް ގްރާންޓުގެ ގޮތުގައި ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މި އެހީ ލިބުމުގެ ޝަރުތުތަކުގެ ތެރޭގައި މިނިސްޓްރީން ދޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުން ލާޒިމުވުން ހިމެނެ އެވެ.

އެހީއަށް ހުށަހެޅޭ ދާއިރާތައް

  • ކާބޯތަކެތި އުފެއްދުން
  • އަތްތެރި މަސައްކަތް
  • ބިއުޓީ އަދި މޭކަޕް ކުރުން
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  • ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
  • އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  • ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
  • ކުޅިވަރު އަދި ފިޓްނަސް

މިނިސްޓްރީން ބުނީ މި ދާއިރާތަކުން އަމިއްލަ ވިޔަފާރިތަކަށް ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އޭގެ ތެރެއިން 40 ޕަސެންޓް ހާއްސަކޮށްފައި ވަނީ އަންހެނުންނަށް ހާއްސަ ކޮށްފައި ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

މި އެހީއަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅަންޖެހެނީ މި މަހުގެ 31 ކުރިން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

އެހީއަށް ޝަރުތު ހަމަވާ ފަރާތްތައް

  • މިއަހަރުގެ ޖުލައި އެއްވަނަ ދުވަހާއި ހަމައަށް މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވުން
  • އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ ހަތަރު ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން ނުވަތަ ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް