ރައީސް އަބްދުއްލާ ޔާމިންގެ ވެރިކަން ބަދަލުކުރުމަށް ބައިވެރިވި ފަރާތްތަކަކީ މިނިކާ ބާޒުތަކެއްކަން ސިފަކުރައްވައި އެ ފަރާތްތަކާމެދު ޕީޕީއެމް މެމްބަރުން ވަރަށް ވިންނަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ނުކުމެވަޑައިގެންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިކާބާޒުތަކާމެދު ޕީޕީއެމްގެ މެންބަރުން ވަރަށް ބޮޑަށް ފަރުވާތެރިވެ ވިސްނަންޖެހޭ ކަމަށާ އެބޭފުޅުން ތިއްބެވީ ހޭލާ ކަމަށެވެ.
” ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ފުރުޅާލައި އެ މަނިކުފާނާއި ރާއްޖޭގެ ގައުމީ ތަރައްގީ ފަހަތައް ޖައްސާލުމުގައި އަމަލީގޮތުން ބައިވެރިވި މިނިކާ ބާޒު ތަކާ މެދު ޕީޕީއެމްގެ މެންބަރުން ވަރަށް ވިސްނަންޖެހޭ. ޔަގީނުންވެސް އަޅުގަނޑުމެން މިތިބީ ހޭލާ” އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމް ވިދާޅުވިއެވެ.
RY @prz_ymn ge verikan furulhaalai emanikufaanaai Raajjeyge Qaumee tharaqee fahathah jassaalumugai Amalee gothun baiverivi minikaa baazu thakaa medhu PPM ge memberun varah visnan jeheyne. Yageenun ves Alhugandumen mi thibey heylaa! Nukulheveyne
— Mohamed Shaheem Ali Saeed (@Mohamedshaheem1) October 6, 2022
އިތުރަށް ޝަހީމް ވިދާޅުވީ އެބޭފުޅުންނާ ނުކުޅެވޭނެކަމަށެވެ. ޝަހީމް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް އެ ޕާޓީން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި މި އިންތިހާބުގައި އެމްޑިޕީން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ވާހަކަ ދެކެވެމުން އަންނަ ދަޑިވަޅެއްގައެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
One Response
ވަރަށް އުނދަނގޫ ކަމެއް ތީ! އަމިއްލަ ޕާޓީގައި ވެސް ދެފައި ދެރާއްޖެއަށް ލައިގެން ތިބީ އިލްހާމް މެން، ޚަލީލު މެން ކަހަލަ ކިތައް ބޮޑުން ކަމެއް ނޭންގޭނޫންތޯއެވެ؟ ވަރަށް ހެޔޮދުޢާ ސަލާމް!