އިންޑިއާއި އާއި ރާއްޖެ އާ ދެމެދު 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް

އިންޑިއާ އާއި ރާއްޖެއާ ދެމެދު 100 މިލިއަން ޑޮލަރުގެ އެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި މި އެއްބަސްވުމަކީ އިންޑިއާއިން ރާއްޖޭގައި ފަށާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް އެ ގައުމުން ދޭން ނިންމި، 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެއްބަސްވުމެވެ. ލައިން އޮފް ކްރެޑިޓަކީ ކަނޑައަޅާ ވަކި ލިމިޓެއްގެ ތެރެއިން އެ ވަގުތަކު ބޭނުންވާ އަދަދަކަށް ފައިސާ ނެގޭ އެއްބަސްވުމެކެވެ. ލައިން އޮފް ކްރެޑިޓްގައި އެއްބަސްވުން ދެމިއޮންނަހާ ހިނދު ލިމިޓް ތެރެއިން […]

ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް އިންޒާރު ދިން މީހަކު ހޯދަނީ

 މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.  މި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުހައްމަދު އަޛުހާނު އިސްމާއީލް (31އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުން އަންނަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން […]

ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ފަޅާލައި ވައްކަންކޮށްފި

ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ފަޅާލައިގެން އެ ތަނުން ވައްކަން ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސެކިއުރިޓީއެއް ނުހުންނަ  އެ ސެންޓަރުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އަދި ބޭނުން ނުކުރާ އޭސީ އަކާއި ލެޕްޓޮޕެއްގެ އިތުރުން ޕްރިންޓަރެއްވެސް ހިމެނެއެވެ. ހިތަދޫ މީޑިއާ ސެންޓަރު ފަޅާލައިގެން ވައްކަންކުރި އިރު އެތަނުގައި މަސައްކަތްކުރަނީ ނިއުސް ކާސްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އެންމެ މީހެއްކމަށް ވެއެވެ. ފުލުހުން ބުނީ މި ވައްކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ހިތަދޫ […]

ބަންޑުންޖަހާލި ބޯޓު: ކަނޑުވި އެކަކު މަރުވެއްޖެ

އިންޑިއާގެ ޓުޓްކޮރިނުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަތް މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި މަރުވެފައިވަނީ އުމުރުން 59 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމްއެންޑީއެފްގެ އުޅަދަކަށް އިއްޔެ ހަވީރު 17:25ގައި ކަމަށް އެމްއެންޑީއެފްން ބުނެއެވެ. އެމީހާ ކަނޑުން ނަގައިގެން މާލެ ގެނެސް އައިޖީއެމް އެޗަށްގެންގޮސްފައިވާއިރު އެ ހޮސްޕިޓަލުން ބުނީ މިހާދިސާގައި މަރުވި މީހާ […]

އަންނަ ހޯމަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިފި

މި ހިނގާ އޮކްޓޫބަރު މަހުގެ 3 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހަމަޖައްސަވާފައެވެ. ރައީސް އޮފީހުްނ ބުނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން، މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ މި ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއާއި، މި އަހަރަކީ [ޤައުމީ ފަތުރުވެރިކަމުގެ ދުވަސް] ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައެވެ. މިކަން އިއުލާންކުރައްވާފައި […]

ގަސްތައް ކަނޑާތީ ނަޝީދު ކޯޓަށް

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވެއްޖެއެވެ. ރައީސް ނަޝިދުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅާ ޝުނާނާ އެންޑް ކޯ  ލޯ ފާމުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ  އަމީނީ މަގުން ގަސްކަނޑާ މައްސަލަ މާދަމާގެ ވަގުތެއްގައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ގަސްތައް ކެނޑުން ހުއްޓުވުމަށްއެދި އެ މައްސަލަ ކޯޓަށް ހުށަހަޅަނީ ގަސްތައް ކަނޑައިފިނަމަ ތިމާވެއްޓަށް އިއާދަނުކުރެވޭނެވަރުގެ ގެއްލުމެއް ލިބޭނެކަމަށް […]

އެއާޕޯޓްގެ އާ ރަންވޭ އަންނަ ހަފްތާގައި ބޭނުންކުރަން ތައްޔާރުވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާފައިވާ އާ ރަންވޭ އަންނަ ހަފްތާގައި ބޭނުންކުރަން ފެށުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރުވާން ފަށައިފިއެވެ. އެމްއޭސީއެލް އިން ބުނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އާ ރަންވޭ ބޭނުންކުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. ރައީސް ޔާމިން ވެރިކަމުގައި ހެދި އާރަންވޭގެ މަސައްކަތް ނިންމައި ޔާމިންގެ ފަސް އަހަރުގެ ދައުރު ނިމެން ކައިރިވެފައިވަނިކޮށް 2018ވަނަ އަހަރު  ޓެސްޓް ފްލައިޓްވެސް ވަނީ […]

އިހަވަންދޫގައި މަސްގަންނަ މަރުކަޒެއް ގާއިމްކޮށްދެއްވާނަން: ރައީސް

ހއ. އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރްޓީއެލް)ގެ ފެރީގެ ނިޒާމު ޒޯން އެކެއްގައި ރަސްމީކޮށް އިފްތިތާހުކުރުމަށް އެ ޒޯންގައި ހިމެނޭ ހއ. ދިއްދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހް ވިދާޅުވީ ބޮޑު ތިލަދުންމަތިން މަސް ގަންނަ މަރުކަޒުގެ މަސައްކަތް އަންނަ އަހަރު އިހަވަންދޫގައި ފެށޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ތިލަދުންމަތީ ސަރަހައްދުގައި އޮތް އެންމެ ދިރުންހުރި އެއް އިގްތިސާދަކީ އިހަވަންދޫ ކަމަށެވެ. […]

ޕީޖީ ޝަމީމް އާންމުކުރެއްވި ރާ ފުޅިއާ ގުޅިގެން އިސްތިއުފާ އަށް ގޮވަންފަށައިފި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ބަނގުރާ ފުޅިއެއްގެ ފޮޓޯ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ އާންމުކުރުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ ގިނަ އަދަދެއްގެ ބަޔަކު އޭނާގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ. ޝަމީމްގެ އިންސްޓަގްރާމް ސްޓޯރީގައި އާންމުކޮށްފައިވަނީ މަރަނީ ބްރޭންޑުގެ ބަނގުރާ ފުޅިއެއް މީހަކު ހިފަހައްޓައިގެން ހުރި ފޮޓޯއެކެވެ. މަރާނީ އަކި ޖޯޖިއާގެ ބަނގުރާ އުފައްދާ ކުންފުންޏެކެވެ. އެ ފޮޓޯއިން ފެންނަނީ ބްނގުރާފުޅި ހިފަހައްޓައިގެން ހުރި މީހާގެ އަތާއި ރާ ފުޅިއެވެ. އެއީ ޕީޖީ ޝަމީމްކަމެއް ނުވަތަ ނޫންކަމެއް އެ […]

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި މިއަދު ނައްތާލައިފި އެވެ. ފުލުހުން ބުނީ މި ތައްކެއްޗަކީ  2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށުގައި ހުރި އެވިޑެންސްތަކުގެ ތެރެއިން ނިމިފައިހުރި މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، މި މުއްދަތުގައި ޑްރަގް އެންފޯސްމަންޓާއި ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ މައްސަލަތަކުގައި […]