ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ފަޅާލައި ވައްކަންކޮށްފި

Facebook
Twitter
WhatsApp
iojkm

ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ފަޅާލައިގެން އެ ތަނުން ވައްކަން ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސެކިއުރިޓީއެއް ނުހުންނަ  އެ ސެންޓަރުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އަދި ބޭނުން ނުކުރާ އޭސީ އަކާއި ލެޕްޓޮޕެއްގެ އިތުރުން ޕްރިންޓަރެއްވެސް ހިމެނެއެވެ.

ހިތަދޫ މީޑިއާ ސެންޓަރު ފަޅާލައިގެން ވައްކަންކުރި އިރު އެތަނުގައި މަސައްކަތްކުރަނީ ނިއުސް ކާސްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އެންމެ މީހެއްކމަށް ވެއެވެ.

ފުލުހުން ބުނީ މި ވައްކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ހިތަދޫ މީޑިއާ ސެންޓަރަށް ވަގަކު ވަދެ، އެތަނުގެ ތެރޭގައި ހަރަކާތްތެރިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް