ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް އިންޒާރު ދިން މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

 މި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުހައްމަދު އަޛުހާނު އިސްމާއީލް (31އ) އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން އަންނަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން ކަމަށެވެ.

މުހައްމަދު އަޛުހާނު އިސްމާއިލާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް