ވެކްސިންއާ ގުޅޭ ހުރިހާ މައުލޫމާތު ޑިޖިޓަލް ކޮށް އެއްތަނަކުން ފެންނަގޮތް ހަދައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ގައުމީ ވެކްސިން ނިޒާމު ޑިޖިޓަލައިޒްކޮށް ވެކްސިންއާއި ގުޅޭ ހުރިހާ މައުލޫމާތެއް ރަށްކާކުރުމަށް އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީއެއް  އެކުލަވައިލާއި ވެކްސިނާއި ބެހޭ ހުރިހާ މައުލޫމާތެއް އެއްތަނަކުން ފެންނަން ހުންނާނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ނިޒާމާއެކު ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތުކުދިންނަށް ދޭ ވެކްސިނޭޝަން މައުލޫމާތުތައް އެ ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކާތެރިކޮށް، އެކްސެސްވެ، ބެލެހެއްޓިގެން ދާނެކަމަށެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތް ކާމިޔާބުކުރުމަށް ކުރި މަސައްކަތުގައި ހަތް މަސްދުވަހުގެ ތެރޭގައި 7000 އަށްވުރެ ގިނަ ކުޑަކުދިންގެ ވެކްސިންއާއި ގުޅޭ ހުރިހާ މައުލޫމާތެއްވަނީ މި ރަޖިސްޓްރީގައި ހިމަނާފައިކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ރެޖިސްޓްރީ ލޯންޗުކޮށްފައި ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމްއއްޔާ އާއި ޔުނިސެފްގެ އެހީގައި އެކުލަވާލި ރެޖިސްޓްރީއެކެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އހްމަދު ނަސީމް ވިދާޅުވީ މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ޑިޖިޓަލައިޒް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން ނިންމާލެވުނު މުހިއްމު މަސައްކަތެއްކަމަށެވެ. އަދި މިހާހިސާބުން ކުޑަކުދިންގެ ވެކްސިން ކާޑު ގެއްލިގެން މީގެ ކުރިން ދިމާވަމުންދިޔަ ދަތިތަކަށް ހައްލެއް އަންނާނެކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ

މި ޑިޖިޓަލް ރެޖިސްޓްރޯ މެދުވެރުކޮށް ތުއްތުކުދިންގެ ވެކްސިނޭޝަން މައުލޫމާތު ޓެރެކްކޮށް، އެކި ސެންޓަރުތަކުން ކުއްޖާއަށްދޭ ވެކްސިނުގެ މައުލޫމާތު، އެއް ރެކޯޑަކުން ފެނިގެންދާނެ އެވެ. އެގޮތުން ކުއްޖާ ވިހާއިރުން ފެށިގެން ދޭ ހުރިހާ ވެކްސިނެއްގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެ އެވެ. މިއާއެކު ކުއްޖާއަށް ކުރިން ދީފައިވާ ވެކްސިނޭޝަންތައް ވެރިފައި ކުރުމަށް ވެކްސިނޭޝަން ސެންޓަރުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ވެކްސިނޭޝަން މައުލޫމާތު ޑިޖިޓަލް ކުރެވުމާއި ގުޅިގެން ގައުމީ އިމުނައިޒޭޝަން ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެ، ރާއްޖޭގެ ވެކްސިން ކަވަރޭޖް ނުވަތަ ވެކްސިން ފުރިހަމަކޮށްފައިވާ ނިސްބަތް ވަގުތުން ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށާ އަދި ހުރިހާ ކުދިން ގަވައިދުން ވެކްސިންތައް ފުރިހަމަ ކުރޭތޯ ޔަގީންކުރުމަށް ވެސް މި ރެޖިސްޓްރީއާއެކު ލުޔެއް ލިބިގެންދާނެ އެވެ.

ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ކުޑަކުދިންގެ މައުލޫމާތު މި ރެޖިސްޓްރީގައި ހިމަނާ ނިންމުމަށް އެ މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ރެޖިސްޓްރީ ސިސްޓަމްގެ މަސައްކަތަކީ ޑަބްލިއުއެޗްއޯއާއި ޔުނިސެފްގެ އެހީގައި ކުރިއަށްގެންދިޔަ މަސައްކަތެކެވެ. ހެލްތު މިނިސްޓްރީން ބުނީ މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެކްސިނާއި އެހެނިހެން ސިއްހީ ކަންކަމާގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ DHIS2 ޕްލެޓްފޯމުގެ ބައެއްގެ ގޮތުގައި ތައާރަފުކުރި ޑިޖިޓަލް ރެޖިސްޓްރީއެއް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް