ޑޮލަރު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްލައެއްގައި މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ޑޮލަރު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްލައެއްގައި ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާ މީހެއްގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވަނީ ކ. ގުރައިދޫ / ވިނަރެސް، އިހުސާން އަބްދުއްސަމަދު (29އ)އެވެ.

ފުލުހުން ބުނީ އިހުސާން ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވަނީ ކުޅުދުއްފުށި ސިޓީ ޕޮލިސް އިން ތަހުގީގު ކުރަމުންދާ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ހހާޒިރުކުރުމަށް ބޭނުންވާ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

ފުލުހުން ވަނީ މާލޭގައި ހުންނަ ޝަހީދު ހުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް، މިމަހުގެ 16 ވަނަ ދުވަހުގެ 10:00 އަށް، އިހުސާން އަބްދުއްސަމަދު ހާޒިރުވުމަށް އެދިފައެވެ.

 މިމީހާއާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ނަންބަރު 9791382 އަށް ގުޅައި ހިއްސާކުރުމަށް ވެސް ފުލުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް