ގްރޭޑް 9 އަކުން މަތީ ދަރުވަރުން ކިޔަވާނީ ޑިޖިޓަލް ފޮތްތަކުން

  މިއަހަރުގެ ދިރާސީ އާ އަހަރުގެ އަންނަމަހު 10 އެއްގައި ފަށާއިރު ގްރޭޑް 9 އަކުން މަތީގެ ދަރިވަރުން ކިޔަވާނީ ޑިޖިޓަލް ފޮތްތަކުންކަމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެދަރިވަރުންނަށް ޑިޖިޓަލް ފޮތްތައް ބޭނުންކުރަން ނިންމީ މިގްރޭޑްތަކުގެ ދަރިވަރުންގެ ފޮތްބަޔަކީ ބަރު ފޮތް ބަޔަކަށްވުމުން އެހިފައިގެން ސްކޫލަށް ދާ ދިއުމަށް ލުޔެއް ހޯދާދިނުމުގެ ގޮތުން ކަމަށެވެ. މިނިސްޓްރީން ބުނީ މިގްރޭޑްތަކުގެ ދަރިވަރުން ކިޔަވަން ބޭނުންކުރާނީ ޓެބްލެޓް ފަދަ ވަސީލަތެއްކަމަށާއި ކިޔަވަން ބޭނުންކުރާ […]

އޭޑީކޭ ހޮސްޕިޓަލުގެ ފަރުވާ މޮޅުކަމުން ޖަރުމަނު ވިލާތުގެ ޑޮކްޓަރުން ތިއްބެވީ އަޖައިބުވެފަ، އަޅުގަނޑުވެސް ފިއްކަޑައިގެން ގޮސްސި: ރައީސް ނަޝީދު

  މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭގައި ދީފައިވާ ފަރުވާގެ މޮޅުކަމުން ޖަރުމަނު ވިލާތުގެ ޑޮކްޓަރުން ތިބީ އަޖައިބުވެފައި ކަމަށާ، އެމަނިކުފާނުވެސް ފިއްކަޑައިގެން ގޮސްސި ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.   ރޭގައި “ އާސްކް ސްޕީކާ“ގެ ނަމުގައި މަޖިލީހުން ކްލަބްހައުސް މެދުވެރިކޮށް ބޭއްވި ޕްރޮގްރާމުގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖެއިން ލިބުނު ބޭސްފަރުވާއަށް ޖަރުމަނުގެ ޓޮކްޓަރުންވެސް ތިބީ އަޖައިބުވެފައި ކަމަށާ، […]

ރައީސް ޔާމިން ތާއީދު ކުރައްވާ ނިޒާމެއް ރައީސް ނަޝީދަށް އެގިވަޑައި ނުގަންނަވާނެ

  އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތާއީދު ކުރައްވާ ނިޒާމެއް މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އެނގިވަޑައި ނުގަންނަވާނެކަމަށް ޕީޕއެމް އަދި ޕީއެންސީ ހިންގެވުމާއި ހަވާޅުވެ ހުންނެވި  އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ތާއީދު ކުރައްޔިތުންގެ ނިންމުމަށްމަމަށެވެ. “ ރައީސް ޔާމިން ތާއީދު ކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށް. ރައްޔިތުންވަނީ ވެރި ކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ނިންމާފަ. ރައީސް ޔާމިން ތާއީދުކުރައްވާ ނިޒާމް ރައީސް […]

ފޮނަދޫގައި ފެން ތަހުލީލުކުރާ ލެބޯޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

  ލ.ފޮނަދޫގައި ފެން ތަހުލީލުކުރާ ލެބޯޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓަރީން ފަށައިފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ފޮނަދޫގައި  ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯރެޓަރީ ގާއިމުކުރުމުގެ މަޝްރޫ ކުރިއަށް ގެންދިއުމަށް އެ  މަޝްރޫއުގެ ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ، ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުންދ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެއް […]

އެއާޕޯޓް ފީ ބޮޑުކުރަން ހުށަ ހެޅި ބިލު ފާސްކޮށްފި

  ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލެކެވެ. މި ބިލު ފާސްވެފައިވަނީ ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެކަން ކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވި އެވެ. އާ […]

އެޕޮއިންޓްމަންޓެއް ނެތި ވެކްސިން ޖަހަން ދިޔައަސް ވެކްސިނެއް ނުޖެހޭނެ

  ވެކްސިންގެ ދެވަނަ ޑޯޒް މިއަދުން ފެށިގެން ޖަހަމުންދާއިރު ކުރީބައިގައި އެޕޮއިންޓްމަންޓް ނުހަދާ ވެކްސިން ޖަހަން ދިޔައަސް ވެކްސިން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން މިހާރު ހަމަޖެހިފައިވާ އުސޫލަކީ  އެޕޮއިންޓްމަންޓް އުސޫލުކަމަށް ނިންމާފައިވާކަމަށެވެ. ”ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިފަހަރު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓް ހަދައިގެން ކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ,“ ވެކްސިން ދިނުމާގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެޗްޕީއޭއިން ބުނި ގޮތުގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް […]

އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

  ދިވެހި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައަކާ ގުޅިގެން މިރޭ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައާގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާ އޭނާ ހައްޔަރުކުރީ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ކުރި ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުންކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު އިނާދު ކިޔާ މީހެކެވެ. ފުލުހުން ބުނީ މި މައްސަލަ […]

ވިނަރެސް ފްލެޓްތަކަށް އެދުމުގެ ފުރުސަތު އަނެއްކާވެސް އިތުރުކޮށްފި

  ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ދެ ކޮޓަރީގެ ފްލެޓްތައް ދޫކޮށް ތިން ކޮޓަރީގެ ވިނަރެސް ފްލެޓްތަށް ބޭނުންވާ ފަރާތްތަކުން އެ އެކަމަށް އެދުމުގެ މުއްދަތު އިތުރު ކޮށްފިއެވެ. ހިޔާ ފްލެޓްތައް ލިބުނު ފަންނީ ފަރާތްތަކުން އެ ފްލެޓްތަކަށްވުރެ ތަނަވަސް ފްލެޓްތަކަށް އެދުމުގެ ފުރުސަތު މީގެ ކުރިން ދެ ފަހަރެއްގެ މަތީން ވަނީ ދީފައެވެ. ފަންނީ ކެޓަގަރީގައި ހިމެނެނީ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންގެ އިތުރުން ސިވިލް ސަރވިސް ފަންނީ […]

ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް 500 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

    ލޯކަލް ކައުންސިލްތަކަށް އަލަށް އުފެއްދި ސެކެރެޓަރީ ޖެނަރަލުން( އެސްޖީ) ގެ މަގާމަށް މުއައްޒަފުން އައްޔަންކުރުމަށް ހުޅުވާލުމުން އެމަގާމަށް އެދި 500 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ. އެސްޖީ  އަކީ ކައުންސިލުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. މި މަގާމަށް މުއައްޒަފުން ހޯދަން ކުރި އިއުލާން މުއްދަތު ހޯމަދުވަހަށް ހަމަވެފައިވާއިރު މި މަގާމަށް އެދި 511 ފަރާތަކުން ކުރިމަތިލާފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަނުން ހާމަކުރެއެވެ. އެކޮމިޝަނުން ވަނީ  200 ސެކެރެޓަރީ ޖެނެރަލުން ހޯދަން އިއުލާން ކޮށްފައިވެއެވެ. […]

މަރުގެދިޔަގެ ގޮތުގައި ނަގައިދޭ އަދަދު އެއް މިލިއަން ރުފިޔާ އަށް ބޮޑުކޮށްފި

  މަރުގެ މައްސަލަތަކުގައި މަރުގެ ދިޔައިގެ މިންވަރަކީ އެއް މިލިއަން ރުފިޔާ ކަމަށް ސްޕްރީމް ކޯޓުން ކަޑައަޅައިފި އެވެ. މިހާތަނަށް އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނެސް ސުޕްރީމްކޯޓުން އަލަށް އެކުލަވާލި އުސޫލުގައި ބުނެފައިވަނީ މަރެއްގެ ދިޔަ ދޭންޖެހޭ ހާލަތްތަކުގައި އެންމެ ކުޑަކޮށް މިންވަރަކީވެސް އެއް މިލިއަން ރުފިޔާކަމަށެވެ. އަދި މަރަށް މަރު ނުހިފޭ ހާލަތްތަކުގައި އިސްލާމީ ޝަރިއަތުގައިވާ ގޮތުގެ މަތިން ކައްފާރާއެއްގެ ގޮތުގައި ހަނދު މަހުން ޖެހިޖެހިގެން ދެމަހު ރޯދަ ހިފަންޖެހޭނެކަމަށްވެސް އެ އުސޫލްގައިވެއެވެ. މަރުގެ […]