އޭޑީކޭ ހޮސްޕިޓަލުގެ ފަރުވާ މޮޅުކަމުން ޖަރުމަނު ވިލާތުގެ ޑޮކްޓަރުން ތިއްބެވީ އަޖައިބުވެފަ، އަޅުގަނޑުވެސް ފިއްކަޑައިގެން ގޮސްސި: ރައީސް ނަޝީދު

Loading

Facebook
Twitter
WhatsApp

 

މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭގައި ދީފައިވާ ފަރުވާގެ މޮޅުކަމުން ޖަރުމަނު ވިލާތުގެ ޑޮކްޓަރުން ތިބީ އަޖައިބުވެފައި ކަމަށާ، އެމަނިކުފާނުވެސް ފިއްކަޑައިގެން ގޮސްސި ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.

 

ރޭގައި “ އާސްކް ސްޕީކާ“ގެ ނަމުގައި މަޖިލީހުން ކްލަބްހައުސް މެދުވެރިކޮށް ބޭއްވި ޕްރޮގްރާމުގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖެއިން ލިބުނު ބޭސްފަރުވާއަށް ޖަރުމަނުގެ ޓޮކްޓަރުންވެސް ތިބީ އަޖައިބުވެފައި ކަމަށާ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދާން ނުޖެހޭނެކަމަށެވެ.

އާންމު ފަރާތުން ސުވާލުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުންނަށް ބޮޑެތި އިންޝްއަރެންސް ޕެކޭޖްތަކެއް ދުރުގައުމުތަކަށް ހަމަޖެހިފައި ހުންނައިރު ނަމަވެސް އާންމު މިހާ ޖެހެނީ ރާއްޖެއިން ފަރުވާހޯދަން ކަމަށެވެ.  އަދި އޭޑީކޭއިން ލިބިވަޑައިގެންނެވި ފަރުވ ބަލައިގަންނަނީ ކޮންގޮތަކަށްތޯ އަދި ގައުމުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ކިހާވަރަކަށް އިތުބާރުކުރައްވަންތޯއެވެ.

“ ދިވެހި ބޭސްވެރިކަމާއި ޑޮކްޓަރުންގހެ ޑޮކްޓަރުންގެ ހުނަރާ ނަރުހުންގެ ހުނަރާ ، އަދި ނަރުހުންގެ އޯގާތެރިކަމާ އެހީތެރިކަމާ  އަޅުގަނޑު ހަމަ ފިއްކަޑައިގެން ގޮސްސި އިގޭތޯ“ ޖަވާބު ފަށްޓަވަމުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ޖަރުމަނަށް ގެންދެވީ އެމަނިކުފާނު ބޭނުންފުޅު ވެގެން ނޫންކަމަށާ،އެއީ އާއިލާއާއި ގާތްމީހުން ބޭނުވިގޮތްކަމަށެވެ.

“ އަޅުގަނޑު ދެންނެވިނ ތަކުރާރުކޮށް އަޅުގަނޑު މިތަނުގައި އޮތަދޭށޭ ދެން އެހެން ނަމވެސް އެބޭފުޅުންނަށް ފެނުނީ އަޅުގަނޑު ޖަރުމަނަށް ގެންދަން، ދެން ޖަރުމަނަށް ގެނައިކަންވެސް ރަނގަޅު ޖަރުމަނުގެ ޑޮކްޓަރުން ހަމަ އަޖައިބުވެފަ އެތިބީ އޭޑީކޭއިން ދީފައި ހުރި މޮޅު ފަރުވާގެ ސަބަބުން. ދިވެހިރާއްޖެއިން ދީފައިހުރި ރަގަނޅު ކުޅަދާނަ މޮޅު ފަރުވާގެ ސަބަބުން ”ނަޝީދުވިދާޅުވިއެވެ.

އޭޑީކޭގެ ޓީމްގެ ކުޅަދަނާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެޓީމގެ ކުޅަދާނަކަން ފެނިވަޑައިގެން އެމަނިކުފާނު ފިއްކަނޑައިގެންދިޔަ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރުގެ ރަނގަޅު ކަމަށާއި ކޮންމެހެން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިވެހިން ދިޔުމުގެ ބޭނުމެއް ނެތްކަމަށް ވިދާޅުވިއެވެ.

“ވަކި ޑޮކްޓަރެއްގެ ވާހަކައެއް ނޫން. އެންމެ އާދައިގެ ޑޮކްޓަރާއި އެންމެ ހަމަ ގާތުގައި ހުރި ނަރުހުންނާއި ހުރިހާ ކުދިން. ހުރިހާ ބޭފުޅުން އެކުގައި އަޅުގަނޑު ފިއްކަނޑައިގެންދޭ އެބޭފުޅުން ގެ ކުޅަދާނެކަމަށްޓަކައި“ ނަޝީދު ވިދާޅުވިއެވެ.

“ ދެން ތަންތަން ފަހާފައި ހުރި ގޮތްވެސް ހާދަ ރީއްޗޭ. އިގޭތޯ  ނީޑްލް ވޯކްގެ މަސައްކަތް އެބޭފުޅުންވެސް ޑޮކްޓަރުން ހާދަ ރަނަގަޅޭ ހިތަށްއަރާ. ދެން ހުންނާނެ ލަކުނު. ދެން އެބޭފުޅުންނަށް ކުރެވޭނެ ކަމެއް ނޫން އެއީ އަނދާފައި ފިހިފައި ހުރި ތަންތަން އެގޮތަށް ރަނގަޅުކުރުން. ކިރިޔާވެސް ކަމަކާ ނުލާ ރަނގަޅު ކުރެވެން ހުރި ކަމެއް ވެއްޖިއްޔާ އެއޮތީ ބޮޑުކޮށް ރަނގަޅު ކޮށްފައި. އަޅުގަނޑު ދަންނަވާނީ ރައްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ދިވެހި ރާއްޖޭގެ ސިއްހީ ޚިދުމަތް ވަރަށް ރަނގަޅޭ.” އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުވިދާޅުވީ ރާއްޖެއަކީ ބޭސްފަރުވާއަށް ވަރަށް ކުޅަދާނަތަނެއްކަމަށާ، ބޭސްފަރުވާއަށް އެހެން ގައުމުތަކަށް ދާންނުޖެހޭނެކަމަށެވެ.

”އަޅުގަނޑުމެން ނުޖެހޭ ބޭންޖަހާފަ އެތަން މިތަނަށް ބޭސްފަރުވާއަށް ދަތުރުކޮށް ހަދާކަށް “

ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭއިން ގިނައޮޕަރޭޝަން ތަކަކަށްފަހު ޖަރުމަނުން ބޭސްފަރުވާކޮށް އަދި މިހާރު އިނގިރޭސިވިލާތުން ބޭސްފަރުވާ ކުރައްވަމުން އަންނަ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް