އެއާޕޯޓް ފީ ބޮޑުކުރަން ހުށަ ހެޅި ބިލު ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

 

ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއީ 2019 ވަނަ އަހަރު ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލެކެވެ.

މި ބިލު ފާސްވެފައިވަނީ ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެކަން ކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވި އެވެ.

އާ ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީއާއެކު ނެގޭނެ ޖުމްލަ އަދަދުތައް ގޮތުގައި ކަނޑައަޅާފައިވާ އަދަތުތައް:

  • އިކޮނޮމީ ކްލާސް – ދިވެހިން – 24 ޑޮލަރު / ބިދޭސީން – 60 ޑޮލަރު
  • ބިޒްނަސް ކްލާސް – ދިވެހިން – 120 ޑޮލަރު / ބިދޭސީން 120 ޑޮލަރު
  • ފަސްޓް ކަލާސް – ދިވެހިން – 180 ޑޮލަރު / ބިދޭސީން 180 ޑޮލަރު
  • ޕްރައިވެޓް ޖެޓު – ދިވެހިން – 240 ޑޮލަރު / ބިދޭސީން 240 ޑޮލަރު

 

މިއަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރުކުރަން ހިމެނި އާ ކަންތައްތަކުގެ ތެރޭގައި ވެސް ރާއްޖޭން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކުހާއި ފީތައް ބޮޑު ކުރަންހިމަނައިފައިވެއެވެ.

އާޕޯޓް ޑިވްލޮޕްމަންޓް ޗާޖު ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ފުރާ ދިވެހިންގެ އަތުން މިހާރު 12 ޑޮލަރާއެކު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 12 ޑޮލަރާއެކު ޖުމްލަ 24 ޑޮލަރު ނަގަ އެވެ.

އަދި އޭޑީސީގެ ގޮތުގައި ވިއައިއޭއިން ފުރާ 25 ޑޮލަރާއެކު ސާވިސް ޗާގުގެ ގޮތުގައި އިތުރު 25 ޑޮލަރާއެކު ޖުމްލަ 50 ޑޮލަރު މިހާރު ނަގަމުންދެ އެވެ.

އެކަމަކު ސަރުކާރުން ހުށަހަޅާފައިވަނީ އަލަށް ތައާރަފު ކުރާ ޑިޕާޗާ ޓެކުހުން އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރެވެ. ބިޒްނަސް ކްލާހުންނަމަ 60 ޑޮލަރު އަދި ފަސްޓް ކްލާހުން ނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު ނެގުމަށް ވެސް ހިމެނި އެވެ.

މީގެ އިތުރުން ޕްރައިވެޓް ޖެޓުން އަންނަ މީހުންގެ އަތުން 120 ޑޮލަރުގެ ފީއެއް ނަގަން ވަނީ ހުށަހަޅައިފަ އެވެ.

ޑިޕާޗާ ޓެކުހުގެ އިތުރުން މިހާރު ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް ވަނީ ބޮޑުކޮށްފަ އެވެ.

އެ ބިލު ދިރާސާކުރިއިރު މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން ހަމައެކަނި ބިލަށް ގެނައިބަދަލަކީ ފީތައް ނަގަން ފަށާ ތާރީހެވެ.

ކޮމިޓީން އެ ބިލު އިސްލާހުކޮށްފައިވަނީ އަންނަ އަހަރުން ފެށިގެން އާ ފީތައް ނަގަން ފަށާ ގޮތަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް