ފޮނަދޫގައި ފެން ތަހުލީލުކުރާ ލެބޯޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

19

 

ލ.ފޮނަދޫގައި ފެން ތަހުލީލުކުރާ ލެބޯޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓަރީން ފަށައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ފޮނަދޫގައި  ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯރެޓަރީ ގާއިމުކުރުމުގެ މަޝްރޫ ކުރިއަށް ގެންދިއުމަށް އެ  މަޝްރޫއުގެ ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ، ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުންދ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

 

އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް އާ އެކު މިއަދު ވަނީ މި މަޝްރޫއުގެ ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް ކުރުމުގެ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ އެވެ. އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާވިއަތު އަބްދުއް ސައްތާރެވެ.

 

މި އެއްބަސްވުމުގެ ދަށުން،  ފޮނަދޫގައި އިމުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދީ، ފެން ތަހުލީލުކުރާ ލެބޯރެޓަރީގެ މަސައްކަތުގެ ސާވޭކުރުމާއި ޑިޒައިން ޓެންޑަރ ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

މި މަސައްކަތްކުރުމަށް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި  ހަވާލުކުރި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 270،300.00 ( ދެ ލައްކަ ހަތްދިހަ ހާސް އިންސަތޭކަ) ރުފިޔާއެވެ.

މި އެއްބަސްވުމުގައިވާގޮތުން  މި މަސައްކަތް  ހަ  މަސްދުވަހުގެތެރޭގައި  ނިންމުމަށް  ވަނީ  ހަމަޖެހިފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ