ވިނަރެސް ފްލެޓްތަކަށް އެދުމުގެ ފުރުސަތު އަނެއްކާވެސް އިތުރުކޮށްފި

241

 

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ދެ ކޮޓަރީގެ ފްލެޓްތައް ދޫކޮށް ތިން ކޮޓަރީގެ ވިނަރެސް ފްލެޓްތަށް ބޭނުންވާ ފަރާތްތަކުން އެ އެކަމަށް އެދުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަންނީ ފަރާތްތަކުން އެ ފްލެޓްތަކަށްވުރެ ތަނަވަސް ފްލެޓްތަކަށް އެދުމުގެ ފުރުސަތު މީގެ ކުރިން ދެ ފަހަރެއްގެ މަތީން ވަނީ ދީފައެވެ. ފަންނީ ކެޓަގަރީގައި ހިމެނެނީ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންގެ އިތުރުން ސިވިލް ސަރވިސް ފަންނީ ފަރާތްތަކެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓްގައި ހިމެނޭ ފްލެޓް ލިބޭ ފަރާތްތަކުން ވިނަރެސް މަޝްރޫއަސް ކުރިމަތިލާން އެދޭނަމަ އެފުރުސަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

ވިނަރެސް މަޝްރޫގައި ހުންނަނީ ތިން ކޮޓަރީގެ 1344 ފްލެޓެވެ. އެއީ  902 އަކަފޫޓާއި 883 އަކަފޫޓުގެ ފްލެޓް ތަކެވެ.  މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހިމެނެއެވެ.

ވިނަރެސް ޓަވަރުތަކުގައި ހަތަރު ވައްތަރެއްގެ ފްލެތްތައް ހުރެއެވެ. އެއީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ.

މި ފްލެޓްތަކުގެ މަޝްރޫއު ފެށިއިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން  )އެޗްޑީސީން( ބުނީ މި ތަނުގެ މަސައްކަތް މި އަހަރުގެ ޖުލައި އަށް ނިމާނެ ކަމަށވެ. އޭގެ ފަހުން މި އަހަރުތެރޭ އިތުރު ތާރީހެއް ދިނެއެވެ. އެތާރީހަކީ އަންނަ އަހަރުގެ މެއިމަހެވެ.

ހިޔާ މަޝްރޫއު ފްލެޓް ލިބޭ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ފެށުމަށް އެޗްޑީސީން އަންނަނީ ތައްޔާރުވަމުންނެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު މި މަހުގެ 14 ވަނަދުވަހު އެއްބަސްވުންތަކުގައި ސޮއިކުރަން އެޗްޑިސީން އަންނަނީ ތައްޔާރުވަމުންނެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ހިޔާގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުވެސް ފްލެޓް ބަދަލުކުރަން ބޭނުންވާ ފަންނީ މުވައްޒަފުންނަށް ތިނ މަސް ދުވަހުގެ މުއްދަތެއް ލިބޭނެކަމަށެވެ. އެހެންނަމަވެސް މި ފުރުސަތު އޮންނާނީ ހުޅުވާލެވޭ ހައުސިން ޔުނިޓްތަކުގެ އަދަދު ހަމަވަދެންކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

އަދި މިހާތަނަށް ހިޔާފްލެޓްތައް ދޫކުރަން ބޭނުންވެ އެކަމަށް އެދިފައިވާ ފަރާތްތަކާއެކު އެޗްޑީސީ އަދި ޕްލޭނިން މިނިސްޓްރީން އަންނަނީ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވަމުންނެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ