ގްރޭޑް 9 އަކުން މަތީ ދަރުވަރުން ކިޔަވާނީ ޑިޖިޓަލް ފޮތްތަކުން

Loading

Facebook
Twitter
WhatsApp

 

މިއަހަރުގެ ދިރާސީ އާ އަހަރުގެ އަންނަމަހު 10 އެއްގައި ފަށާއިރު ގްރޭޑް 9 އަކުން މަތީގެ ދަރިވަރުން ކިޔަވާނީ ޑިޖިޓަލް ފޮތްތަކުންކަމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެދަރިވަރުންނަށް ޑިޖިޓަލް ފޮތްތައް ބޭނުންކުރަން ނިންމީ މިގްރޭޑްތަކުގެ ދަރިވަރުންގެ ފޮތްބަޔަކީ ބަރު ފޮތް ބަޔަކަށްވުމުން އެހިފައިގެން ސްކޫލަށް ދާ ދިއުމަށް ލުޔެއް ހޯދާދިނުމުގެ ގޮތުން ކަމަށެވެ.

މިނިސްޓްރީން ބުނީ މިގްރޭޑްތަކުގެ ދަރިވަރުން ކިޔަވަން ބޭނުންކުރާނީ ޓެބްލެޓް ފަދަ ވަސީލަތެއްކަމަށާއި ކިޔަވަން ބޭނުންކުރާ ޕްލެޓްފޯމްގައި ދަރިވަރުން ކިޔަވާ މާއްދާތަކުގެ ކޮންޓެންޓް ހިމެނޭނެ ކަމަށެވެ. އަދި މި ޓެބްލެޓްތަކުގައި ކިޔަވާ ފޮތްތައް ބޭނުންކުރުމަށް އެކުއްޖަކު ކިޔަވާ ގްރޭޑާ ގްޅޭގޮތުން ލޮގިންއެއް ދޭނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ފޮތްތައް ޑިޖިޓަލައިޒް ކުރިނަމަވެސް ޗާޕްކޮށްފައި ހުރި ފޮތްތައް ސްކޫލްތަކުގެ ލައިބްރަރީގައި ބަހައްޓައި ކުދިންނަށް އެ ފޮތްތައް ވެސް ބޭނުންކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސަން ނިންމާފައެވެ.

ގްރޭޑް 9 އިން މަތީގެ ދަރިވަރުންގެ ޑިޖިޓަލް ފޮތްބައިން ކިޔަވައިދޭން ނިންމާފައިވާއިރު ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒްކޮށްގެން ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް