ރައީސް ޔާމިން ތާއީދު ކުރައްވާ ނިޒާމެއް ރައީސް ނަޝީދަށް އެގިވަޑައި ނުގަންނަވާނެ

Loading

Facebook
Twitter
WhatsApp

 

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތާއީދު ކުރައްވާ ނިޒާމެއް މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އެނގިވަޑައި ނުގަންނަވާނެކަމަށް ޕީޕއެމް އަދި ޕީއެންސީ ހިންގެވުމާއި ހަވާޅުވެ ހުންނެވި  އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ތާއީދު ކުރައްޔިތުންގެ ނިންމުމަށްމަމަށެވެ.

“ ރައީސް ޔާމިން ތާއީދު ކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށް. ރައްޔިތުންވަނީ ވެރި ކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ނިންމާފަ. ރައީސް ޔާމިން ތާއީދުކުރައްވާ ނިޒާމް ރައީސް ނަޝީދަކަށް އެނގިވަޑައި ނުގަންނަވާނެ.“އަބްދުއްރަހީމް ކުރެއްވި ޓްވީޓްގައިވިދާޅުވިއެވެ.

އަބްދުއްރަހީމް މި ޓްވީޓް ކުރައްވާފައި މިވަނީ ރޭ “ އާސްކް ސްޕީކާ“ގެ ނަމުގައި މަޖިލީހުން ކްލަބްހައުސް މެދުވެރިކޮށް ބޭއްވި ޕްރޮގްރާމެއްގައި ވާކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ބަސްފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމިންގެ ތާއީދާ އެކު ވެރިކަމުގެ ނިޒާމް ބަދަލުކުރައްވާނެކަމަށެވެ.

“ ”އަޅުގަނޑު ދެކޭ ގޮތުގައި މި ބަދަލަށް ޕީޕީއެމްއިން ވެސް ތާއިދުކުރާނެ، އެ ބޭފުޅުންނަކީ ހާއްސަކޮށް ރައީސް ޔާމީން މީގެކުރިން ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާފައި، އަދި ފަހުން ތާއިދު ނުކުރައްވާ ވާހަކައެއް ވެސް ވިދާޅުވެއް ނުވޭ،“ ނަޝީދު ވިދާޅުވި އެވެ.

”އެހެންވީމަ އެމްޑީޕީ އާއި ޕީޕީއެމް މި ދެ ޕާޓީއަށް ބަރުލަމާނީ ނިޒާމަށް ތާއިދު ކުރެވި، ފެންނަ ނުފެންނަ ވޯޓެއް ބޭއްވުނީމަ އަޅުގަނޑުމެންނަށް މި ބަދަލު ގާނޫނު އަސާސީއަށް ގެނެވޭނެ،“ ރޭގެ ޕްރޮގްރާމްގައި ވާހަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރޭގެ ޕްރޮގްރާމްގައި ތަކުރާރުކޮށް ވިދާޅުވަމުންގެންދެވީ ރާއްޖޭގެ ވެރިކަން ބޭނުންފުޅުވާކަމަށާ، ވެރިކަމަށް ވަޑައިގަންނަވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށެވެ.

މި ޕްރޮގްރާމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތިލައްވައިފިނަމަ، އެމަނިކުފާނަށް ތާއިދު ކުރައްވާނެތޯ ސުވާލުކުރުމުން ނަޝީދު ވިދާޅުވީ ކެޑިޑޭޓަކީ އެމަނިކުފާނުކަމަށެވެ.

”2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް އޮވެއްޖެނަމަ، އަޅުގަނޑު ވާނީ ކެންޑިޑޭޓަކަށް،“ ނަޝީދު ވިދާޅުވިއެވެ.

އޭގެފަހުން ވެސް އެ ސުވާލު އެހެން ފަރާތަކުން ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ކުރިމަތިނުލެވޭ ހާލަތެއް އައިސިނަމަ އެމްޑީޕީ ކެންޑީޓޭޓަކަށް ތާއީދު ނުކުރާނެ ދުވަހެއް ނާންނާނެކަމަށް، ނަމަވެސް އިންތިހާބެއް ބުއްދިވެރި ނޫންކަމަށާ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ

ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތު ހުވަފެން ހަގީގަތަކަށް ހެދުމަށް ރައީސް ނަޝީދު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް