ކުޑަކަމު ދިޔަ މީހާގެ ބަންދަށް ހަތް ދުވަސް

އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ސަރަހައްދަށާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރި މަށްޗަށް ކުޑަކަމު ދިޔަ މީގެ ބަންދަށް ހަތް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. ކުޑަކަމު ދިޔަ މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ވަނީ މިމަހުގެ ތިން ވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި މީހުން މަޣުރިބު ނަމާދަށް ތިއްބާ އިމާމާގެ ކުރިމައްޗަށް އަރައި ކުޑަކަމު ގޮސްފައި ކަމަށް މަންޒަރު ދުއްމީހުން ބުނެފައި ވެއެވެ. […]
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އަނެއްކާ ވެސް ފަސް ރަށަކަށް އެހީވާން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ “އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު”ން އަނެއްކާވެސް ފަސް ރަށަކަށް އެހީވާން ނިންމައިފި އެވެ. ބީއެމްއެލް އިން ބުނީ، އެ ފަންޑުގެ އެހީތެރިކަމަށް އެދި މި އަހަރުގެ ތިންވަނަ ކްއާޓާއަށް ޕްރޮޕޯޒަލް ހުށަހެޅި ރަށްރަށުގެ ތެރެއިން ފަސް ރަށެއް ކަނޑައަޅާފައިވާ ކަމަށެވެ. މިއަހަރުގެ ތިންވަނަ ކުއާޓާގައި އެންމެ ރަގަޅު ޕްރިޖެކްޓްތަކެއް ހުށަހަޅައިގެން ބީއެމްއެލްގެ އިން އެހީވަނީ ބ. ކުޑަރިކިލުގައި ސޯލާ ލައިޓް ހަރުކުރުމަށާއި ހއ. ތަކަންދޫގައި ފޮތްކިޔުމަށް ހާއްސަ ތަނެއް […]
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް ދޭން ނިންމައިފި

މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ. ރައީސް އޮފީހުން ބުނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 4 ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަމެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ. ރައީސް އޮފީހުން ބުނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ އިތުރުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް ދެއްވުމަށް ނިންމާފައިވާ ކަމަށެވެ. […]
ކުދި ކުށްތައް ކުރާ މީހުންނަށް ލުއި އަދަބެއް ދެނީ

ކުދި ކުށްތަކަށް އަރައިގަންނަ މީހުންނަށް ޖަލަށް ލުން ނޫން އަދަބެއް ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ( ސީޕީ) އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ އަހިންސާ ދުވަސް ނުވަތަ ނޮން-ވައިލެންސް ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ސީޕީ ވިދާޅުވީ ކުދި ކުށްތައް ކުރާ މީހުން ޖަލަށް ލުން ނޫން އަދަބެއް ދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށާ މިހާރުގެ ގާނޫނުގެ ތެރެއިން އެކަން […]
އަމީން މިނިވަންކުރުމަސް ހައިކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށްފި

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް ލީޑަރު ކަމަށް ތުހުމަތުކުރާ މުހައްމަދު އަމީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން 2019 ވަނަ އަހަރު އޮކްޓޯބަރު 23 ގައި ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހު އެވެ. ހައްޔަރުގައި ބަހައްޓައިގެން […]
ސަރަހައްދީ ރައްކާތެރިކަމަށް އިންޑިއާއާއުކު އެއްބަސް ވުމެއްގައި ސޮއިކޮށްފި

ސަރަހައްދީ ރައްކާތެރިކަމާ ސަލާމަތަށް އިންޑިޔާއާއި އެކު ރާއްޖެއިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެއްބަސް ވުމަކީ ރާއްޖެ އާއި ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމާތާއި ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތްކުރުން ފުޅާކުރުމުގެ ގޮތުން ސޮއިކުރި އެއްބަސް ވުމެއްކަމަށެވެ. މި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އާއިޝަތު ނަހުލާ އެވެ. އިންޑިއާއިން ސޮއިކުރެއްވީ އެގައުމުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަ ސަފީރު ސަންޖޭ ސުދީރު އެވެ. އެއްބަސްވުމުގެ […]
އިންޑިއާ ހައުކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް ތުހުމަތުވާ މީހާއަށް ދައުވާ ކޮށްފި

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މަށް ޗަށް ދައުވާ ކޮށްފި އެވެ. މި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފައިވަނީ މއ. ރެސްޓިންހައުސް، މުހައްމަދު އިނާދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ. ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ […]
ބަރަހަނާ މަންޒަރު އާންމުކުރުމުގެ ތުހުމަތުވާ މީހާގެ ބަންދަށް 15 ދުވަސް

ޓެލެގްރާމްގައި އާއި ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާންމު ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ، މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސައީދުގެ، 36، މައްޗަށެވެ. އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދިނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. ޓެލެގްރާމްގައި މީހުންގެ ޒާތީ މައުލޫމާތާއި ބަރަހަނާ ފޮޓޯއާއި […]
ރާއްޖެއަށް ކަރަންޓް ސާމާނު އެތެރެކޮށް ވިއްކާ ފަރާތްތަަކަށް ތަމްރީން ޕްރޮގްރާމެއް ހިންގަނީ

ރާއްޖެއަށް ކަރަންޓް ސާމާނު އެތެރެކޮށް ވިއްކާ ފަރާތްތަަކަށް ތަމްރީން ޕްރޮގްރާމެއް ހިންގުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ނިންމައިފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ތެރެއިން ހަކަތަ ސަމަކާރަ ތަކެތި ފާހަގަކުރުމަށް އެ މިނިސްޓްރީން އެކުލަވާލެވިފައިވާ ހަކަތަރި ޕްރޮގްރާމަށް އަހުލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. އަންނަ މަހު ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމު އަމާޒު ކުރެވިފައިވަނީ ރާއްޖެއަށް ކަރަންޓު އާލާތްތައް އެތެރެކޮށް […]
ސުލްތާނުގެ ޖަނާޒާ މައުރިބަށް ފަހު އާ ސަހަރާގައި

ތަމްރީނެއް ހެދުމަށް އިންޑިއާގައި ހުއްޓާ ނިޔާވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު މައުރިބް ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބޭއްވުމަށް ނިންމައިފިއެވެ. ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު ރާއްޖެ ގެނެސް މިހާރުވަނީ އާސަހަރާގައެވެ. ސުލްތާން ނިޔާވެފައިވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސާ ކެޑޭޓް ތަމްރީނު ހަރަކާތުގައި ދުވުމެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އޭނާ ދުވަމުންދަނިކޮށް ވެއްޓުމާއެކު ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާ، ހޮސްޕިޓަލަށް […]