ކުޑަކަމު ދިޔަ މީހާގެ ބަންދަށް ހަތް ދުވަސް

Loading

Facebook
Twitter
WhatsApp

 

އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ސަރަހައްދަށާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރި މަށްޗަށް ކުޑަކަމު ދިޔަ މީގެ ބަންދަށް ހަތް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ކުޑަކަމު ދިޔަ މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާ ވަނީ މިމަހުގެ ތިން ވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި މީހުން މަޣުރިބު ނަމާދަށް ތިއްބާ އިމާމާގެ ކުރިމައްޗަށް އަރައި ކުޑަކަމު ގޮސްފައި ކަމަށް މަންޒަރު ދުއްމީހުން ބުނެފައި ވެއެވެ. އަދި ރައީސް އޮފީސް ކުރިމަށްޗަށް ކުޑަކަމުދިޔަ މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަ މީޑިއާގައިވަނީ އާންމު ވެފައެވެ.

އޭނާގެ ބަންދަށް ހަތް ދުވަސް މިއަދު ޖަހާފައިވާއިރު ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުއްލާ އިއްޔެ ވިދާޅުވީ ކުޑަކަމުގޮސްފައިވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއް ކަމަށެވެ.

Loading

2 Responses

  1. ”ހިޔާލު“ ”ޚިޔާލު“…….ޚިޔާލެއް ނެތް މިތަނުގައި މާނަ ތިޔަ ކުރއްވަނީ ކޮން ގޮތަކަށް.ސުވާލު މާކެއް އޮތްނަމަ! އެއްގޮތަކަށް އޯކޭ.މިހާރު ތިޔަ ލިޔުއްވި ގޮތުން އެއްޗެއް ނެތޭޭ ތިޔަ ވިދާޅު ވެވެނީ. އަނެއްކާ އޭގެ ތިރީގައި ތިޔަ ލިޔުއްވަނީ ދޭށޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް