ސުލްތާނުގެ ޖަނާޒާ މައުރިބަށް ފަހު އާ ސަހަރާގައި

Loading

Facebook
Twitter
WhatsApp

ތަމްރީނެއް ހެދުމަށް އިންޑިއާގައި ހުއްޓާ ނިޔާވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު މައުރިބް ނަމާދަށްފަހު އާސަހަރާ މިސްކިތުގައި  ބޭއްވުމަށް ނިންމައިފިއެވެ.


ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު ރާއްޖެ ގެނެސް މިހާރުވަނީ އާސަހަރާގައެވެ.


ސުލްތާން ނިޔާވެފައިވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސާ ކެޑޭޓް ތަމްރީނު ހަރަކާތުގައި ދުވުމެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އޭނާ ދުވަމުންދަނިކޮށް ވެއްޓުމާއެކު ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާ، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ސުލްތާން ނިޔާވެފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

އއ.ހިމަންދޫ ރޯޒްމީޑް، މުހައްމަދު ސުލްތާން ނިޔާވިއުރު  އުމުރުން 22 އަހަރެވެ.

ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް ސިފައިންގެ ހިދުމަތާ ގުޅިފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. ތިން އަހަރު ދުވަހުގެ ކޯހަކަށް އިންޑިއާއަށް ދިއުމުގެ ކުރިން ސުލްތާން މަސައްކަތް ކުރަމުން އައީ އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައެވެ.

ސުލްތާން ނިޔާވުމާއި ގުޅިގެން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ހުންނަ ސިފައިންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް