ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އަނެއްކާ ވެސް ފަސް ރަށަކަށް އެހީވާން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ “އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު”ން އަނެއްކާވެސް ފަސް ރަށަކަށް އެހީވާން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ، އެ ފަންޑުގެ އެހީތެރިކަމަށް އެދި މި އަހަރުގެ ތިންވަނަ ކްއާޓާއަށް ޕްރޮޕޯޒަލް ހުށަހެޅި ރަށްރަށުގެ ތެރެއިން ފަސް ރަށެއް ކަނޑައަޅާފައިވާ ކަމަށެވެ.

މިއަހަރުގެ ތިންވަނަ ކުއާޓާގައި އެންމެ ރަގަޅު ޕްރިޖެކްޓްތަކެއް ހުށަހަޅައިގެން ބީއެމްއެލްގެ އިން އެހީވަނީ ބ. ކުޑަރިކިލުގައި ސޯލާ ލައިޓް ހަރުކުރުމަށާއި ހއ. ތަކަންދޫގައި ފޮތްކިޔުމަށް ހާއްސަ ތަނެއް ތަރައްގީކުރުމަށާއ ، ވ. ފެލިދޫގައި ޕިކްނިކް އޭރިއާ އެއް ތައްޔާރުކުރުމަށާއި އަދި  ނ. މާޅެންދޫގައި މަސްކަނޑާތަނެއް ތަރައްގީކުރުމުގެ އިތުރުން  ހއ. މޮޅަދޫގައި އިކޯލޮޖިކަލް ޕާކެއް ގާއިމްކުރުމަށެވެ.

ބީއެމްއެލްގެ އަހަރެންގެ ބެންކް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެގޮތުން އެކުލަވާލާފައިވާ ފަންޑެކެވެ.

އަހަރެންގެ ބެންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ކޮންމެ ކުއާޓާ އެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާގެ އެހީ ދިނުމަށް ބީއެމްއެލުން ވަނީ ނިންމާފައެވެ.

ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 55 ރަށެއްގައި މުޖުތަމައަށް ފައިދާ ހުރި ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައި ވާކަމަށް ބޭންކުން ބުނެއެވެ.

Ad

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް